އުރުފީ ޖާވިދުގެ ތުންފަތުގެ ޕްލާސްޓިކް ސާޖަރީ މައްސަލަ ހައްލުކުރަން ހެދި ޕްރޮސީޖާއާއެކު މޫނަށް އައިސްފައިވާ ބަދަލާއެކު ފޭނުން ކަންބޮޑުވެއްޖެ އެވެ.
އިންޑިއާގެ ޓީވީ ޝޯތަކުން ފެނިފައިވާ އަދި ސޯޝަލް މީޑީއާ އިންފްލްއެންޒާ އުރުފީ ޕްލާސްޓިކް ސާޖަރީ ހަދައި ލިޕް ފިލާ އުމުރުން 18 އަހަރުން ފެށިގެންހަދާފައިވާ ކަމަށް އޭނާ ބުނެފައި ވެއެވެ.
އުރުފީ ވަނީ މިދިޔަ ހޮނިހިރު ދުވަހު އޭނާގެ ތުންފަތުގެ ފިލާ ޑިޒޯލްކުރުމަށް ޕްރޮސީޖާއެއް ހަދާފަ އެވެ. އެ ޕްރޮސީޖާއަށް ފަހު އޭނާ ހިއްސާކުރު ފޮޓޯގައި ހުރީ މުޅި މޫނާއި ތުންފަތް ދުޅަވެ ރަތްވެފަ އެވެ. އޭގެ ފަހުން މިއަދު ހިއްސާކުރި ފޮޓޯގައި އަދިވެސް އޭނާގެ މޫނު ދުޅަވެ، މުޅި މީހާގެ މޫނުމަތީގެ ސިފަވަނީ ބަދަލުވެފަ އެވެ.
އުރުފީ ބުނެފައިވަނީ އެއީ ވަރަށް ވޭންހުރި ޕްރޮސީޖާއެއް ކަމަށެވެ. އަދި ކޮންމެ ކޮންމެ ތާކުން މިފަދަ ސާޖަރީ ހެދުމުގެ ބަދަލުގައި ރަނގަޅު ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމަށް އޭނާ އެދިފައި ވެއެވެ.
އުރުފީގެ މޫނަށް އައިސްފައިވާ ބަދަލާއި އޭނާ ރީތިވުމަށް ޕްލާސްޓިން ސާޖަރީ ހެދިކަމަށް އިއުތިރާފު ވާތީ ބައެއް މީހުން ދަނީ އޭނާއަށް ތައުރީފު ކުރަމުންނެވެ.
 ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
			ރަނގަޅަށް ނުނިދާތާ ހަތް މަސް ވެއްޖެ: މޭގަން
		 އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
			އުމުރު ފޮރުވަން މަލައިކާ ދޮގު ހެދިކަން ފަޅާ އަރައިފި
		 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					