ބޮލީވުޑް ފިލްމުތައް ޕްރޮޑިއުސްކުރާ ބޯނީ ކަޕޫރު 26 ކިލޯ ލުއިކޮށްލައިފި އެވެ.
ބޮލީވުޑްގެ ބައެއް ތަރިންނާއި ޑައިރެކްޓަރުން އަދި ޕްރޮޑިއުސަރުން މިދުވަސްވަރު ހަށިގަނޑަށް ބޮޑެތި ބަދަލުތައް ގެންނައިރު، އޭގެ ތެރޭގައި ބޯނީ ކަޕޫރުވެސް މިވަނީ ހިމެނިފަ އެވެ.
ބޯނީ ބުނީ އޭނާ 26 ކިލޯ ލުއިކުރުމަށް އެއްގޮތަކަށްވެސް ޖިމަށް ނުދާކަމަށެވެ. ހިކުމުގެ ސިއްރަކީ ރަނގަޅު ޑިސިޕްލިންއެއް އަށަގެންނެވުން ކަމަށް އޭނާ ބުނެފައިވެ އެވެ. އެގޮތުން އޭނާ ރޭގަނޑު ކެއުމުގެ ބަދަލުގައި ކޮންމެ ރެޔަކު ބޮނީ ސޫޕް ކަމަށް ބުންޏެވެ. އަދި ހެނދުނު ޖޫހަކާއެކު ހެލްތީ ރޮއްޓެއް ކާކަމަށް އޭނާ ބުންޏެވެ. މި ނަތީޖާ ނެރެވުނީ ކެއުމަށް ބަލައިގެން އުޅުމުންކަމަށް އޭނާ ބުނެފައިވެ އެވެ.
ކުރީގެ ފިލްމީ ތަރި ސްރީދޭވީގެ ފިރިމީހާ އަދި ޖާންވީއާއި ޚުޝީ ކަޕޫރުގެ ބައްޕަ ބޯނީ މިހާރު ފެންނަނީ ވަރަށް ތަފާތުކޮށްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން މިދިޔަ އަހަރު އޭނާ ވަނީ ހެއާ ޓްރާސްޕްލާންޓް ހަދައި ބޮލުގައި އިސްތަށި އިންދާފަ އެވެ. އަދި މިއަހަރު މީހާ ވަރަށް ބޮޑަށް ހިކިފައި ހުރުމުން ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ.