އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު މުހިންމު އަށް އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބައިވެރިވެވަޑައިގެން ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ދެ ގައުމުގެ ދެމެދުގައި ސޮއިކުރި އެއްބަސްވުންތައް

ފްރީ ޓްރޭޑް އެއްބަސްވުން (އެފްޓީއޭ)އާ ގުޅޭގޮތުން މަޝްވަރާކުރުމާ ބެހޭ އެއްބަސްވުން

ރާއްޖޭގެ އުމްރާނީ ތަރައްގީއަށް އަމްބްރެއްލާ ލައިން އޮފް ކްރެޑިޓްގެ ދަށުން އިންޑިއާގެ އެކްސިމް ބޭންކުން ދޫކުރާ 565 މިލިއަން ޑޮލަރުގެ އެއްބަސްވުން

ފަސްޓް އެމެންޑެޓަރީ ޑޮލާ ކްރެޑިޓް ލައިން އެމްއޯޔޫ

މަސްވެރިކަމުގެ ދާއިރާއިން ވެވޭ އެއްބަސްވުން އިތުރުކޮށް، ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމާ ގުޅޭ އެއްބަސްވުން

އިންޑިއާގެ ފާމަކޯޕިއާ ކޮމިޝަނުން ގަބޫލުކުރާ ރަނގަޅު ފެންވަރުގެ ބޭސް އެތެރެކުރުމާ ބެހޭ އެއްބަސްވުން

މޫސުމާއި ތިމާވެށި ގުޅިގެން މޮނިޓާކުރުމާ ގުޅޭ އެއްބަސްވުން

ޑިޖިޓަލް ތަރައްގީއާއި ޑިޖިޓަލް އިނޮވޭޝަނާ ގުޅޭ އެއްބަސްވުން

އެމްޕީސީއައި އިންޓަނޭޝަނަލް ޕޭމަންޓްސް ލިމިޓެޑް ނެޓްވޯކް ޓު ނެޓްވޯކް ކްރޮސްބޯޑާ ރިފަރެންސް

ރަސްމީ ދަތުރުފުޅެއްގައި މޯދީ ރާއްޖެ ވަޑައިގަތީ މިއަދު ހެނދުނެވެ. މޯދީ މިއަދު ވަނީ ސަލްޓަންޕާކްގައި އަނބުގަހެއް ވެސް އިންދަވާފަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުން ފާހަގަކުރުމަށް މާދަމާ ކުރިއަށްގެންދާ ހަރަކާތްތައް ވެސް ޝަރަފްވެރިކޮށްދެއްވާނީ މޯދީ އެވެ.

ނަމަވެސް، ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން އަންނަނީ ވަރަށް ބޮޑަށް މަސައްކަތްކުރަމުންނެވެ. އެ ގޮތުން، މިދިޔަ އަހަރުގެ ޖޫން މަހު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް މުއިއްޒު އިންޑިއާއަށް ވަޑައިގަތެވެ. އެ ފަހުން، އެ މަނިކުފާނު ވަނީ އޮކްޓޯބަރު މަހު ފުރަމާނަ ދަތުރުފުޅެއް ވެސް ކުރައްވައިފައެ