ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ޓޮމް ކްރޫޒްއާއި އަނާ ޑި އަރްމާސް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑު އަނެއްކާވެސް ގަަދަވެއްޖެ އެވެ.
ޓޮމްއާއި އަނާގެ ގުޅުމުގެ ވާހަކަ މީޑިއާގައި އަނެއްކާވެސް ދެކެވެން ފަށާފައި މިވަނީ އިނގިރޭސި ވިލާތުގެ ލަންޑަނުގައި އެ ދެމީހުން އެކުގައި އުޅެނިކޮށް މީޑިއާތަކަށް ފެނުމުންނެވެ.
ބުނެވޭ ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހު މީޑިއާތަކަށް ވަނީ އެ ދެމީހުން އެކުގައި ހެލިކޮޕްޓަރަކުން ފައިބަނިކޮށް ފެނިފަ އެވެ. މީޑިއާގެ ސަމާލުކަން ނުހޯދަން އެމީހުން ވަރަށް މަސައްކަތްކުރި ކަމަށް ބުނެވެ އެވެ.
މި ފެނިލުމާއެކު އެ ދެމީހުން އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ދެކެވޭ ވާހަކަތަކުގެ އަޑުގަދަވެފައި ވީނަމަވެސް އެއިން އެކަކު ވެސް އެކަމަށް އެއްބަސްވެފައެއް ނުވެ އެވެ.
މީގެ ކުރިން ޓޮމްއާއި އަނާ ވަނީ އެ ދެމީހުންގެ ގުޅުމަކީ ހަމައެކަނި މަސައްކަތުގެ ގުޅުމެއް ކަމަށް ބުނެފަ އެވެ. އެހެން ނަމަވެސް އެ ދެމީހުން އެކުގައި ފެންނަ މިންވަރު އިތުރުވަމުން ދިއުމާއެކު އެއީ ހަގީގަތެއް ނޫން ކަމަށް މީޑިއާތަކުން ގަބޫލުކުރެ އެވެ.
އެގޮތުން އެ ދަތުރަކީ އެ ދެމީހުން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލަން ލަންޑަނަށް ކުރި ދަތުރެއް ކަމަށް ވެސް އެ މީހުންގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.
އުމުރުގެ ތަފާތު ވެސް ފާހަގަ ކޮށްލެވޭ ވަރަށް ބޮޑު ޓޮމްއާއި އަނާގެ ގުޅުމަކީ މީޑިއާގައި މިހާރު އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކައަށްވި ނަމަވެސް އެކަން ޔަގީން ވެފައެއް ނުވެ އެވެ.