އުއްތަމަފަނޑިޔާރު ކަމަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.
އެ މަގާމަށް ކުރިމަތިލުމަށް ކުރި އިއުލާނުގެ މުއްދަތު މިއަދު މެންދުރު ވަނީ ހަމަވެފަ އެވެ. އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންނަކީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި ފެމެލީ ކޯޓުގެ ގާޒީ އަބްދުﷲ މުހައްމަދުގެ އިތުރުން ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނެވެ.
އެ ބޭފުޅުންގެ ތެެރެއިން ޣަނީ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމާއި މަދަނީ ކޯޓުގެ ގާޒީކަން ކުރައްވާފަ އެވެ. އަބްދުﷲ މުހައްމަދު ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަން ކުރައްވާފަ އެވެ. އަދި ޝުޖާއު އުސްމާން ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ އިތުރުން ގއ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަން ވެސް ކުރައްވާފަ އެވެ.
އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަންކުރާނެ ބޭފުޅަކަށް ރުހުން ހޯދުމަށް ޖޭއެސްސީގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވަންޖެހެ އެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ރިޓަޔާކުރައްވާފައިވާތީ އެ ކޯޓުގެ ހިންގުން ފަނޑިޔާރު އަބްދުﷲ ހަމީދާ ވަނީ ހަވާލުކޮށްފަ އެވެ.
10 މިނިސްޓަރުންގެ ކުއްލި އިސްތިއުފާއެކު ކުއްލި ހައިރާން ކަމެއް
ހުޅުތަކުގައި ރިއްސާނަމަ ބަދަލު ކުރަންޖެހޭ ދެތިން ކަމެއް!
