އަހަރުތަކަކަށްފަހު މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ބޮލީވުޑްގެ ވަރުގަދަ އެނބުރި އައުމަކަށް ތައްޔާރު ވަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު ކަމަށްވާ "ލަވް އެންޑް ވޯ"ގައި ޕްރިޔަންކާގެ ފެނިލުމެއް ފެނުން ވަރަށް ގާތެވެ.
މި އަޑުތައް މީޑިއާގައި ގަދަވެފައި މިވަނީ މިދިޔަ ބުރާސްފަތި ދުވަހު ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓަކާ ގުޅިގެންނެވެ.ﷲ
އެ ޕޯސްޓުގައި ޕްރިޔަންކާ ވަނީ މީގެ 13 ވަރަކަށް އަހަރު ކުރިން ސަންޖޭ ލީލާގެ ފިލްމެއް ކަމަށްވާ "ރާމް ލީލާ"ގެ އައިޓަމް ލަވައެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ހިއްސާ ކޮށްފަ އެވެ.
ޕްރިޔަންކާ ބުނީ ސަންޖޭގެ ޑިރެކްޝަންއާއި މުޅި ޓީމުގެ ބުރަ މަސައްކަތާއެކު އެމީހުންނަށް އުފެއްދުނީ ވަރަށް ފާހަގަ ކޮށްލެވޭ މަސައްކަތެއް ކަމަށެވެ.
މިއާއެކު އެއީ "ލަވް އެންޑް ވޯ"ގައި ވެސް ޕްރިޔަންކާގެ ފެނިލުމެއް ފެންނަން އުޅޭ ކަމުގެ އިޝާރާތެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
2015 ވަނަ އަހަރު ޕްރިޔަންކާގެ ދިރިއުޅުން އެމެރިކާއަށް ބަދަލުކުރި ފަހުން އޭނާ ފެނިގެންދިޔައީ ބޮލީވުޑްގެ ދެ ފިލްމަކުންނެވެ. އެންމެ ފަހުން އޭނާ ފެނުނީ މީގެ ހަ އަހަރު ކުރިން ރިލީޒްކުރި "ސްކައި އިޒް ޕިންކް"އިންނެވެ.