އެމެރިކާ އާ އެކު ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ޗައިނާ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މިއީ 7 އަހަރަށް ފަހު ފުރަތަމަ ފަހަރަށް މޯދީ ޗައިނާ އަށް ކުރައްވާ ދަތުރުފުޅަށްވާއިރު، މީގެ ކުރިން މޯދީ ޗައިނާއަށް ވަޑައިގަތީ 2018 ވަނަ އަހަރު އެސްސީއޯ ސަމިޓަށެވެ.
މަލްޓިލެޓްރަލް ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަންގެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް މޯދީ ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންގި ނަމަވެސް، އިންޑިއާއިން ރަޝިއާއިން ތެޔޮ ގަތުން ނުހުއްޓާނެކަން ހާމަކޮށްފައިވާއިރު، މިކަމާ ގުޅިގެން ޓްރަމްޕް ވަނީ އިންޑިއާއިން އެމެރިކާއަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޓެރިފް ދައްކަން ޖެހޭ ގޮތަށް ހަމަޖައްސާފަ އެވެ.

ރޯދަ ހިފަންތޯ އެހުމުން ކަރީނާ ބުނީ ކީކޭ؟
އެކްސިޑެންޓްގަ ކުއްޖަކު މަރުވުމުން ހައްޔަރުކުރި މީހާ ފޮނުވާލައިފި
400 އަހަރު ކުރީގެ މާލެ: ތަފާތީ ކޮން ކަމެއް؟