ރާއްޖޭގެ އެންމެ ފުރިހަމަ ސިއްހީ ހިދުމަތްތައް ފޯރުކޮށްދޭ މަރުކަޒުތަކުގެ ތެރެއިން އެއް މަރުކަޒު ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލުން މި މަހުގެ 15 ވަނަ ދުވަހު ބޭއްވި މޯލްޑިވްސް ހާފް މެރަތަނުގެ މެޑިކަލް ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެއްޖެ އެވެ.
މި އަހަރުގެ މެރަތަނުގައި ހިމެނެނީ 21.1 ކިލޯމީޓަރުގެ ހާފް މެރަތަން، 15 ކިލޯމީޓަރުގެ އެންޑިއުރަންސް ޗެލެންޖް، 10 ކިލޯމީޓަރުގެ ޓަފް ރޭސް އަދި އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ ފަސް ކިލޯމީޓަރުގެ ފަން ރަން އެވެ. މި ހުރިހާ ކެޓަގަރީއެއްގައިވެސް ބައިވެރިންނަށް ފުރިހަމަ މެޑިކަލް ކަވަރޭޖް ޓްރީ ޓޮޕް ހޮސްޕިޓަލުން ވަނީ ފޯރުކޮށްދީފަ އެވެ.
މި މުހިންމު އިވެންޓުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތައް
- ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް: ރަނިންގ އެކްސްޕޯގައި ޓްރީ ޓޮޕްގެ ބޫތަށް ޒިޔާރަތްކުރި ބައިވެރިންނަށް ހިލޭ އަސާސީ ސިއްހީ ޗެކަޕްތައް ފޯރުކޮށްދިން.
- ޕެނަލް މަޝްވަރާތައް: ޑރ. އިބްރާހިމް އިޔާޒް އަދި މިސް ރީބާ ޕެނަލް މަޝްވަރާތަކުގައި ބައިވެރިވެ، ސިއްހަތަށް ފައިދާހުރި ދިރިއުޅުމާއި މަގުމަތީގެ ސަލާމަތާ ބެހޭގޮތުން އާންމު ހޭލުންތެރިކަން އިތުރުކުރުމަށް މުހިންމު މަޢުލޫމާތު ހިއްސާކުރެއްވި.
- ސިއްހީ ލަފާ: މޯލްޑިވްސް ހާފް މެރަތަން ޓީމާ ގުޅިގެން، ފައިނަލް އިވެންޓަށް ބައިވެރިން އެކަށީގެންވާ ގޮތެއްގައި ތައްޔާރުވުމަށް އެހީތެރިވުމަށް ރާވައިގެން ދުވުންތެރިންނަށް އަމާޒުކޮށްގެން ސިއްހީ ލަފާ ޓްރީ ޓޮޕް ހޮސްޕިޓަލްއިން ފޯރުކޮށްދިން.
- ދުވުމުގެ އިވެންޓް ދުވަހު މެޑިކަލް ޚިދުމަތްތައް: ޓީޓީއެޗްއިން އިވެންޓްގެ މުޅި މުއްދަތުގައި ދުވުންތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްސަ މައިދާނީ މެޑިކަލް އެހީތެރިކަން ފޯރުކޮށްދިން.
ޓްރީ ޓޮޕް ހޮސްޕިޓަލުން މިފަދަ އިވެންޓެއްގައި ބައިވެރިވުމުގެ މައިގަނޑު މަގްސަދަކީ ސިއްހީ ހޭލުންތެރިކަން އިތުރުކުރުމާއި، ކުޅިވަރުގެ ދާއިރާގައި ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމުގެ މުހިންމުކަން ފާހަގަކުރުން ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ. މިއީ އެ ހޮސްޕިޓަލުގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.
މޯލްޑިވްސް ހާފް މެރަތަނަކީ ރާއްޖޭގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެތްލެޓިކްސް އިވެންޓްތަކުގެ ތެރެއިން އެއް އިވެންޓް ކަމަށް ވުމާއެކު، މި އިވެންޓުގައި ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވުމަށް ވަނީ ހުޅުވާލެވިފަ އެވެ.