މާދަމާ ހެނދުނު މާލެ އާއިި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކަނޑާލަން ނިންމާފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނީ، މާދަމާ ހެނދުނު ހުޅުމާލޭގައި ހުންނަ އިންޖީނުގޭގެ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާތީ މާދަމާ ހެނދުނު 6:00 އިން 10:00 އަށް މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.
ކަރަންޓް ކެނޑޭ ސަރަހައްދުތަކުން ކަރަންޓު ކެނޑޭނީ ގާތްގަނޑަކަށް ގަޑިއިރެއް ހާއިރަށް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ރައްޔިތުންނަށް މުހިންމު ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނުން މާދަމާގެ އެ ވަގުތުތަކުގައި ކަރަންޓު ނުކެނޑޭނެކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފަ އެވެ.
ހަމަ ނިދި ނުލިބޭނަމަ ކުއްލި މަރަށް މަގުފަހިވޭ: ދިރާސާ
ހޮރްމުޒް ނުހުޅުވުނަސް ހަނގުރާމަ ހުއްޓާލަން ތައްޔާރު: ޓްރަމްޕް
އާމިރު ޚާން ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލި ސަބަބު!
