ޕާފޯމިން އާޓްސްގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު، މި އަހަރު ނިޔާވި މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ގެ ހަނދާނަށް ދެއްވައިފި އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހއ. އުތީމުގައި ކުރިއަށްދާ ރަސްމީ ޖަލްސާގައި މި އެވޯޑާއި ހަވާލުވެވަޑައިގަތީ ދަރިކަނބަލުން މީރާ މުހައްމަދު މާޖިދު އެވެ.
އުމުރުން 59 އަހަރުގެ މެޒޯ މުހައްމަދު ކުއްލި ގޮތަކަށް ނިޔާވީ މިއަހަރުގެ ފެބްރުއަރީ މަހު 12 ގަ އެވެ.
މެޒޯ މުހައްމަދަކީ އަމިއްލަ ރާގު ގެނެސްދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ ފަންނާނެކެވެ. އެގޮތުން އޭނާ ވަނީ 40 އަށްވުރެ ގިނަ އަމިއްލަ ރާގު ގެނެސްދީފަ އެވެ.
މެޒޯ މުހައްމަދުއަށް ވަނީ މީގެކުރިން ހިތްވަރުދިނުމުގެ ގައުމީ އިނާމުވެސް ލިބިވަޑައިގެންފަ އެވެ.
އާމިރުއާ ދެކޮޅަށް އާއްމުކުރި ފަތުވާއަށް އޭނާ ރައްދު ދީފި
ދިރާގުފޯރި ލަކީޑްރޯގެ ފައިނަލް ރައުންޑްގައި ވާދަކޮށްގެން ޓީވީއެއް
މެލޭޝިޔާއިން ފެންނަ އިޒްރޭލު މީހުން ވަގުތުން ޑީޕޯޓްކުރަނީ