ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެމްޓީޑީ އުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރި އިއުލާނެއްގައި ވާ ގޮތުން އެމްޓީޑީ އުވާލީ ސިޔާސީ ޕާޓީގެ ގާނޫނުގެ 30 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިންނެވެ.

އެމްޓީޑީން އަދާކުރަންޖެހޭ ދަރަންޏެއް ވާނަމަ މި މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެ ޕާޓީއަށް ހުށަހަޅައިގެން އެކަން ކުރިއަށްގެންދިޔުމަށް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

އެ ޕާޓީ އުވާލާފައިވާއިރު، އަދީބު އިއްޔެ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ރާއްޖޭގައި މިވަގުތު ހަ ސިޔާސީ ޕާޓީއެއް އެބައޮތެވެ. އެއީ ވެރިކަންކުރާ ޕީއެންސީ އާއި އިދިކޮޅު މައި ޕާޓީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި އެމްޑީއޭގެ އިތުރުން އެމްއެންޕީ އެވެ.