މާހިރުން ވިދާޅުވާ ގޮތުގައި ތުންފަތަކީ މޫނުގެ ހަންގަނޑު އެންމެ ނާޒުކު ހިސާބެވެ. އެހެން ކަމުން ފަރުވާތެރިކަމާއެކު ތުންފަތް ބެލެހެއްޓުމަކީ މުހިއްމު ކަމެކެވެ.
ގިނަ ސަބަބުތަކަކާހުރެ ތުންފަތް ހިކެން މެދުވެރިވާއިރު މިކަމަކީ ގޭގައިވެސް ފަރުވާ ކުރެވިދާނެ ކަމެކެވެ. އެގޮތުން މި ބަލާލަނީ ތުންފަތް ހިކިވިޔަ ނުދޭން ގޭގައި ކުރެވިދާނެ ބައެއް ކަންކަމަށެވެ.
އަލޮވެރާ
އަލޮވެރާއަކީ މޮއިސްޗަރައިޒިން ޖެލްއެއް އުފައްދާ އެއްޗެކެވެ. އަލޮވެރާ ބޭނުންކުރުމުން ތުންފަތަށް ތެތްކަން ގެނެސްދެ އެވެ. ތުންފަތް ކުޑަކޮށް ފަޅައިގެން ގޮސްފައި ހުންނަނަމަ އަލޮވެރާ ބޭނުންކުރުމުން އަވަހަށް ފަރުވާ ލިބެ އެވެ. މިއީ ފަސޭހައިން ގޭގައި ހެއްދޭ ބާވަތަކަށްވާއިރު، އަބަދުވެސް ފަސޭހައިން ލިބޭ ހިސާބުގައި އަލޮވެރާ ބެހެއްޓުން ރަނގަޅެވެ. ނޫންނަމަ ވިއްކަން ހުންނަ އަލޮވެރާ ޖެލްއަކީވެސް ބެނުންކުރެވިދާނެ އެއްޗެކެވެ
މާމުއި
މާމުއި އަކީ ވައިގައި ހުންނަ ތެތްކަން އެއަށް ދަމައިގަންނަ އަދި ތުންފަތް ފާރުވެފައި ވާނަމަ އެކަމަކަށް އޮތް ވަރަށް މޮޅު ހައްލެކެވެ. އަދި މާމުއި އަކީ އެންޓި ބެކްޓީރިއަލް ބާވަތަކަށް ވުމުން މިފަދަ ފާރުތަކުގައި އިންފެކްޝަން އުފެދުމުންވެސް ދުރުކޮށްދޭނެ ކަމަށް ހަމުގެ ޑޮކްޓަރުން ވިދާޅުވެ އެވެ.
ކާށިތެޔޮ
ޒަމާނުއްސުރެ އަހަރެމެންގެ އަމިއްލަ ބަދިގެތަކުގައި ކާށިތެޔޮ ތައްޔާރުކުރާއިރު، މިއީ ތުންފަތުގައި ހުންނަ ތެތްކަން ހިފަހައްޓައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭނެ ބާވަތެކެވެ. ތުންފަތް މާބޮޑަށް ހިކި، ބާރުވެ ތަދުވާނަމަ ކާށިތެލަކީ ރަނގަޅު ފަރުވާ އެކެވެ.
 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
			ދިވެހި ބަހުން ފުރަތަމަ ޕީއެޗްޑީ ހާސިލްކުރެއްވުމުގެ ޝަރަފު!
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					