ނޫސްވެރިން އުލުބައިންދަން ޖެހޭނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ގޮވާލި މައްސަލަ ބައްލަވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ނުކުމެވަޑައިގަތް ވަގުތު ނޫސްވެރިން ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ "އެހެން ނުބުނެވޭނެ، އެހެން ނުބުނެވޭނެ" ކަމަށެވެ. އަދި ފަލާހަށް ޕާޓީން ފިޔަވަޅު އަޅާނަންތޯ ދެންނެވުމުން ރައީސް ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ރައީސް މަގާމުގައި ވެސް މުއިއްޒު ހުންނަވާ އިރު ފަލާހަަށް ޕާޓީން ފިޔަވަޅު އަޅާނެތޯ ސުވާލުކުރަން ފެށުމުން އެ މަނިކުފާނު ވިދާޅުވީ "މައްސަލަ ބަލާނެ" ކަމަށެވެ.
ފިޔަވަޅު އަޅާނެ ކަމަށް ތަކުރާރުކޮށް ކުރި ސުވާލަށް ޖަވާބެއް ނުދެއްވަ އެވެ.
ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭގޮތަށް ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ލައްވައި މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ހުށަހެޅުއްވި އެ ބިލް މަޖިލީހުން ބޭރުކޮށްލަން އެކި ފަރާތްތަކުން ގޮވާލަމުން ދަނިކޮށް މަޖިލީހުން އިއްޔެ ވަނީ އެ ބިލް ބަލައިގަނެފަ އެވެ.
މި ބިލާ ދެކޮޅަށް މުޒާހާރަކުރި ބައެއް ނޫސްވެރިން ހައްޔަރުކުރުމަށްފަހު ފަހުން ވަނީ ދޫކޮށްލާފަ އެވެ.
ވޯލްޑް ކަޕް: ގަދަ ހޫނާއެކު އެންމެންނަށް ބޮޑު ގޮންޖެހުމެއް!
ކަނޑުއޮޅިން ދަތުރުކުރާ އުޅަދުތަކުން 60 ދުވަހަށް ފީ ނުނަގާނެ
ކައިވެނީގެ ހަފްލާގައި ކެލަމްގެ ގަމީސް ހާއްސަވީ ކީއްވެ؟
