ވިއްސާރަ މޫސުމުގައި ހުޅުތަކުގައި ރިއްސުމަކީ ދިވެހިންގެ މެދުގައި ވަރަށް އާއްމު ކަމެކެވެ. ކެއުމަށް ގެނެވޭ ކުޑަ ބަދަލަކުން މިއީ ހައްލުކުރެވިދާނެ މައްސަލަ އެކެވެ.
އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ހުޅުތަކުގައި ރިއްސާ ރިއްސުން ކުޑަކޮށް އާއްމު ގޮތެއްގައި ކަށީގެ ސިއްހަތު ރަނގަޅުކުރަން ކެއުމުގައި ބޭނުން ކުރެވިދާނެ ބައެއް ބާވަތް ތަކަށެވެ.
ބަދަނުގެ ބާވަތްތައް
ބަދަނުގެ ބާވަތްތަކުން ކޮންމެވެސް ބާވަތެއްގެ މިންވަރެއް ކޮންމެ ދުވަހަކު ވެސް ކެއުމަކީ ކަށީގެ ސިއްހަތު ރަނގަޅުވުމުގެ އިތުރުން ވެސް ގިނަ ފައިދާތަކެއް ލިބިދޭ ކަމެކެވެ. ބަދަނުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ވޯލްނަޓް، ޕީނަޓް، އަލްމަންޑްސް ފަދަ ބާވަތްތަކަކީ ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކެލްސިއަމް ފަދަ މާއްދާތައް މުއްސަނދި ބާވަތްތަކެކެވެ.
ކިރު
ކިރަކީ އޭގައި އެތައް ގުނަ ފައިދާތަކެއް އެކުލެވިގެންވާ ބާވަތެއް ކަމަށް މާހިރުން ދަނީ އަބަދުވެސް ބުނަމުންނެވެ. އެއީ ކެލްސިއަމް ގިނަ އަދަދަކަށް ހިމެނޭ ބާވަތަކަށް ވުމުން ކަށީގެ ދުޅަހެޔޮކަން އިތުރު ކޮށްދެ އެވެ. ހެނދުނުގެ ނާސްތާއަށް ނުވަތަ ނިދުމުގެ ކުރިން ކިރު ބޭނުން ކުރެވިދާނެ އެވެ.
ބިސް
ހަށިގަނޑަށް ބޭނުންވާ ފައިދާހުރި ގިނަ މާއްދާތަކެއް ބިހުގައި އެކުލެވިގެންވެ އެވެ. އެގޮތުން ބިހުގައި އެކުލެވޭ ޕްރޮޓީންއަކީ ކަށިތައް ހެދިބޮޑުވުމަށް މުހިއްމު މާއްދާ އެކެވެ. ބިސް އެކި ގޮތްގޮތަށް ބޭނުން ކުރި ނަމަވެސް އޭގެ ފައިދާ ކަށިތަކަށް ލިބޭނެ އެވެ.
 އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
			އައްޑޫގެ ގުޅިފައިވާ ރަށްތަކުން އަނެއްކާވެސް ކަރަންޓު ކަނޑަނީ
		 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
			ވަޤުފް ދާއިރާއިން އިންވެސްޓް ކުރުމަށް ފަހުމުނާމާއެއް
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					