ދަރިފުޅު ނުކާން ބޮޑާހާކާތީ އުޅެން ހެއްޔެވެ؟ ކާާން ދިނުމުގައި އެތައް ވަގުތެއް ހޭދަ ކުރަން ޖެހޭ ހެއްޔެވެ؟ މިއީ ގިނަ މައިންބަފައިންގެ ޝަކުވާ އެކެވެ.
ދަރިފުޅަށް ކާން ދޭން އުނދަގޫވާ ގިނަ ސަބަބުތަކެއް ހުންނައިރު އެއީ ކުރެވޭ ވަރަށް ފަސޭހަ ކަންތައްތަކަކުން ހައްލު ވެސް ކުރެވިދާނެ ކަމެކެވެ. މި ލިޔުމުގައި މި ބަލާލަނީ އެފަދަ އުނދަގޫތަކާއި އެކަން ހައްލު ކުރެވިދާނެ ގޮތްތަކަށެވެ.
ވަކި ރަހައެއް ނުލިބުން
ކޮންމެ ކުއްޖަކީ ވެސް އެންމެ ތުއްތު އިރުއްސުރެ ފެށިގެން ވެސް ކަމުދާ ރަހައެއް ހުންނަ ކުއްޖެކެވެ. އެގޮތުން އެކުދިންނަށް ކަމުނުދާ ރަހައެއް ދޭން މަސައްކަތް ކުރުމަކީ އުނދަގޫ ކަމަކަށްވާނެ އެވެ.
ކާއެއްޗެހި ހުންނަ ގޮތް
ބައެއް ކުދިންނަކީ ކާއެއްޗެހީގެ ޓެކްސްޗާ އާއި އެ ހުންނަ ގޮތުން އެ ކެއުމަށް ޝައުގުވެރިކަން ހުންނަ ކުދިންނެވެ. މިސާލަކަށް، ބައެއް ކުދިންނަކީ ޕާން އަދި ބަނަސް ކަހަލަ އެއްޗެހި ކެއުމަށް ޝައުގުވެރިކަން ހުންނަ ކުދިންނެވެ. އެއީ އެ އެއްޗެއްސަކީ ވަރަށް ފަސޭހައިން ކެވޭ އެއްޗެއްސަށް ވާތީ އެވެ.
ކާން ބޭނުންވާ ގަޑިތައް ނޭނގުން
ތުއްތު ކުދިންގެ ކެއުމުގެ އާދަތައް ބެލެނިވެރިން ބައްޓަން ކުރާ ގޮތުން ކެއުމަށް ހާއްސަ ވަކި ގަޑިތަކެއް ކަނޑައަޅަ އެވެ. ނަމަވެސް މިއީ ދަރިފުޅު އެންމެ ކާން ބޭނުންވާ ވަގުތަށް ނުވެދާނެ އެވެ. އެންމެ ރަނގަޅު ގޮތަކީ ކާން ބޭނުންވުމުން އެކަމަށް އެދެން ދަރިންނަށް ދަސްކޮށްދިނުމެވެ.
 މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
			މިއީ ދިރިއުޅުމަށް ހާސްކަން ގެނުވާ އާއްމު އާދަތަކެއް!
		 ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
			ރޭސްގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން އާ ލަނޑުދަނޑިއެއް
		 ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
			ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ވިސްނަންޖެހޭ ދެތިން ކަމެއް!
		 
								
								 
					 
					 
					 
					 
					 
					 
					 
					 
					 
					