ރާއްޖެއިން ފުރައިގެން ޗައިނާއަށް ދަތުރުކުރަމުންދިޔަ މޯލްޑިވިއަންގެ ބޯޓެއްގެ އިންޖީނަށް މައްސަލައެއް ދިމާވެ ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް އެ ބޯޓު ޖައްސައިފި އެވެ.
އެނގިފައިވާގޮތުގައި މައްސަލަ ދިމާވީ މޯލްޑިވިއަންއަށް މި އަހަރު އަލަށް ގެނައި ވައިޑް ބޮޑީ އެއާކްރާފްޓަށެވެ. ޗައިނާގެ ޗެންޑޫއަށް ދަތުރުކުރަމުންދިޔަ އެ ބޯޓަށް ދިމާވީ ސީދާ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެ އެވެ.
އެ ބޯޓުން ދަތުރުކުރި ހުރިހާ ފަތުރުވެރިން ވަނީ ޑާކާގެ ހޮޓާތަކަށް ގެންގޮސްފަ އެވެ.
މިކަމާ ގުޅިގެން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
އެ ބޯޓަކީ ޖުމްލަ 264 ސީޓު ހިމެނޭ މި އެއާބަސް 330-200 މަރުކާގެ ބޯޓެކެވެ.
މޯލްޑިވިއަނުން މި އަހަރުގެ ޖެނުއަރީ 6، ގައި ރާއްޖެއަށް ގެނައި އެ ވައިޑް ބޮޑީ އެއާކްރާފްޓަކީ 2010 ވަނަ އަހަރު ބޭނުންކުރަން ފަށާފައިވާ ބޯޓެކެވެ. ފާއިތުވި 14 އަހަރު އަހަރު އެ ބޯޓު ވަނީ ބޭނުންކޮށްފަ އެވެ.
ކުއްޔަށް ނަގައިގެން އެ ބޯޓު ރާއްޖެ ގެނައުން ފާހަގަކުރަން ރައީސް މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތް ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފައިވެ އެވެ.
 އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
			އަންނަ އަހަރުގެ ރަސްމީ ރިޒާވް 903 މިލިއަން ޑޮލަރަށް އަރާނެ
		 ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
			ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ދިރާގުން ހުޅުވައިލައިފި
		 14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
			14 މީހަކަށް ޒަކާތު ފަންޑުން ފްލެޓް ޑައުންޕޭމަންޓު ދައްކައިދެނީ
		
 
					 
					 
					 
					 
					 
					 
					 
					 
					 
					