މަސްވެރިކަން ކުރިއަރުވައި ޕްރޮމޯޓު ކުރަން އުފައްދާފައިވާ ކުންފުނި، މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ކޯޕަރޭޝަން (އެމްފޯމްޕީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އދ. މާމިިގިލި، ޖަވާހިރުވާދީ، ޑރ. މުހައްމަދު އިބްރާހިމް އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިއަދު ބުނީ އެމްފޯމްޕީސީގެ މެނޭޖިން ޑިރެކްޓަރު އަދި ބޯޑު މެންބަރު ކަމުގެ މަގާމަށް މުހައްމަދު އިބްރާހިމް އައްޔަންކުރީ މިއަދު ކަމަށެވެ.
ރައީސް މުހައްމަދު މުއިއްޒު އެ ކުންފުނި އުފެއްދެވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
މިދިޔަ ޑިސެމްބަރު މަހު މިފްކޯގެ ކުރީގެ ޗެއާމަން އަހުމަދު ޝަރީފް ވަނީ އެ ކުންފުނީގެ ބޯޑުގެ ޗެއާމަންގެ މަގާމަށް އައްޔަންކޮށްފަ އެވެ.
އެ ކުންފުނީގެ އެންމެ ފުރަތަމަ މެނޭޖިން ޑިރެކްޓަރަކީ އަހްމަދު ޒަރީރެވެ. އޭނާ މަގާމުން ވަކިކުރީ ކަމެއް ނުވަތަ އިސްތިއުފާދެއްވީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ކުންފުނީގެ ބޯޑުގައި މެނޭޖިން ޑިރެކްޓަރާއި ޗެއާމަންގެ އިތުރުން މިހާރު ތިއްބަވަނީ، ހަތަރު ޑިރެކްޓަރެކެވެ. އެ ބޭފުޅުންނަކީ:
- މުންޝިދާ އިބްރާހިމް
- އަހުމަދު ޝިފާޒު
- އަހުމަދު ޔާމީން
އެ ކުންނީގެ މަގްސަދަކީ ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ޕްރޮމޯޓްކޮށްގެން އެ ސިނާއަތުން ލިބޭ އާމްދަނީ އިތުރު ކުރުމަށް މަސައްކަތް ކުރުމެވެ.