އައްޑޫގައި ވަކި ވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ރައްޔިތުންގެ ޚިޔާލު ހޯއްދުމުގެ ވޯޓެއް ނަގަން ރައީސް މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށެވެ. އަދި އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އެ ވޯޓު ނަގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގުޅިފަޅު ކައިރީއޮތް ދޯންޏެއްގައި ރޯވެ ގެއްލުންތަކެއް ވެއްޖެ
ބޮލީވުޑްގެ އެންމެ ކާމިޔާބު "ޚާން"އަކީ ކާކު؟
"ދަ ޑެވިލް ވެއާސް ޕްރާޑާ"ގެ ތިންވަނަ ބައެއްގެ އިޝާރާތެއް!

މަމެންވެސް ބައިބައިކޮށްލަނީތޯ. އަޅެފަހެ މީފަލަސްތީނުތަ!