ވެކްސިންގެ ރޯ މެޓީރިއަލްސް އެކްސްޕޯޓުކުރުމުގެ ވިޔަފާރި ލުއިކޮށް ދިނުމަށް އިންޑިއާއިން އެމެރިކާގައި އެދެފި އެވެ.
ދުނިޔޭގެ ވެކްސިން އުފައްދާ އެންމެ ބޮޑު ކުންފުނި ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ޗީފްކުރެއްވި ޓްވީޓެއްގައި ވެކްސިން އުފެއްދުމަށް ބޭނުންވާ ރޯ މެޓީރިއަލްސް އެކްސްޕޯޓުކުރުން ހުއްޓާލާފައި އޮތް އޮތުން ލުއިކޮށްދިނުމަށް ޖޯ ބައިޑަންގެ ކިބައިން ވަނީ އެދިފަ އެވެ.
އިންޑިއާ އިން ވަނީ އެމެރިކާ އިން ރޯ މެޓީރިއަލްސް އެކްސްޕޯޓު ކުރުން މަނާކޮށް އެ ގައުމުގެ އަމިއްލަ ވެކްސިން އުފެއްދުންތެރިކަން އިތުރުކުރަން މަސައްކަތް ކުރާތީ ކަންބޮޑުވުން ފާޅު ކޮށްފަ އެވެ.
އެމެރިކާގެ މޮޑާނާ ވެކްސިންގެ ޗީފް އެގްޒެކެޓިވް އޮފިސަރު ސްޓެފަން ބެންސަލް ވިދާޅުވީ އެކްސްމަނާ ކޮށްފައި އޮތުމުން އެމެރިކާއިން އުފައްދާ ވެކްސިން ވެސް ދުނިޔޭގެ އެހެން ސަރަހައްދުތަކަށް ނުފޮނުވި ވެކްސިންގެ ސަޕްލައި ދަށްވަމުންދާ ކަމަށެވެ.
ސިރަމް އިންސްޓިޓިއުޓް އިން ވަނީ އިންޑިއާގައި ކޮވިޑް ކޭސްތައް އިތުރުވުމާއެކު އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓުކުރުން ހުއްޓާލައި، އެ ގައުމުގެ އެތެރޭގެ ސަރަހައްދުތަކަށް ވެކްސިން ފޯރުކޮށްދޭން ފަށައިފަ އެވެ.
އެ އިންސްޓިޓިއުޓް އިން ބުނީ ރޯ މެޓީރިއަލްސް ނުލިބޭނަމަ ވެކްސިންގެ އުފެއްދުންތެރިކަން ދަށްވާނެކަމަށާއި އެކަމުގެ ސަބަބުން އިންޑިއާގެ އިތުރުން ދުނިޔޭގައި ވެސް ކޮވިޑް ކޭސްތައް އިތުރަށް ގިނަ ވުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.