ރޭޕް ކުރި ކަމުގެ ތުހުމަތަށް މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ރޭ 8:00 ހާއިރު ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގުކުރުމަށް ކަމަށެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންގެ ވަނަވަރު އާންމުކުރަން ފުލުހަން ވަނީ ދެކޮޅު ހަދައިފަ އެވެ،

ރ. މަޑުއްވަރީގައި ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ވެސް ދާދި ފަހުންވަނީ ފެންމަތިވެފަ އެވެ. އަދި ނިމިދިޔަ 2020 ވަނަ އަހަރު ޖިންސީ ފުރައްސާރައިގެ ގިނަ މައްސަލަތަކެއް ފުލުހަށާއި ޖެންޑާ މިނިސްޓްރީއަށް ވަނީ ހުށަހެޅިފަ އެވެ.

އެފަދަ މައްސަލަތައް އެދެވޭ ބާރުމިނުގައި ކުރިއަށް ނުގެންދެވޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.