ދެހާހުގެ ކުރީކޮޅު ހޮލީވުޑަށް ނަޒަރު ހިންގާލާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ކަމަކީ އަހަރަކު އެއްފަހަރު މަޝްހޫރު ލަވަކިޔުންތެރިޔާ ސޯން ކޯމްބްސް (ޑިޑީ) ބޭއްވި ވައިޓް ޕާޓީތަކެވެ.
1998 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރާ ހަމައަށް ބޭއްވި އެ ޕާޓީތަކުން ހޮލީވުޑްގެ ގިނަ ފަންނާނުންތަކެއް ފެނުނުއިރު އެ ޕާޓީތަކުން އެންމެ ފާހަގަ ކޮށްލެވުނު ކަމަކީ ތަރިންގެ ހެދުންތަކެވެ.
އެގޮތުން އެ ޕާޓީއަށް އަންނަ ކޮންމެ ތަރިއަކު ވެސް އެއްކޮށް ހުދު ހެދުމެއް ބޭނުންކުރާއިރު މިއީ ހޮލީވުޑްގެ އެހެން ޕާޓީތަކާ މުޅިން ތަފާތު ކަމެކެވެ.
2006 ވަނަ އަހަރު އޮޕްރާ ވިންފްރޭ ޝޯއަށް ދިން އިންޓަވިއުއެއްގައި ޑިޑީ ވަނީ އެގޮތަށް އެ ޕާޓީ ބޭއްވުމުގެ އަސްލު ބޭނުން ބުނެދީފަ އެވެ.
ޑިޑީ ބުނީ ވައިޓް ޕާޓީތަކުގެ ބޭނުމަކަށްވީ ބޭރުގެ ދުނިޔޭގައި ހޮލީވުޑް ތަރިންގެ މެދުގައި އުފެދިފައިވާ ތަފާތު ކުރުންތައް އެއް ފަރާތްކޮށް އެއް ކުލައެއްގެ ހެދުމެއްގައި އެއް ގޮތަކަށް ފެނުން ކަމަށެވެ.
އެމެރިކާގެ ހެމްޕްޓަންގައި 2009 ވަނަ އަހަރާ ހަމައަށް ބޭއްވި އެ ޕާޓީތަކުން ކިމް ކާޑޭޝަންއާއި ޕެރިސް ހިލްޓަން ފަދަ ހޮލީވުޑްގެ ނަން މަޝްހޫރު ފަންނާނުން ފެނިގެންދިޔަ އެވެ.
އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ މިފަހުން ޑިޑީއަށް 20 އަހަރުގެ ޖަލު ހުކުމެއް ކުރިމަތިވެފައިވާއިރު ހޮލީވުޑްގައި އޭނާގެ ނަން ވަނީ ވެއްޔާ މޮޑެވިފަ އެވެ.
އެމްޑީޕީގެ "އަފިރިންގެ އައްޑޫ" މެނިފެސްޓޯ ލޯންޗްކޮށްފި
އިންތިހާބާ ދިމާކޮށް ފުވައްމުލަކުގެ "ޑްރަގްގެ ބޮޑުން" ދޫކޮށްލައިފި
ރެފަރަންޑަމްގައި "އާނއެކޭ" ބުނެފިނަމަ ގާނޫނުއަސާސީ ނިމޭނެ: ޖަމީލް