މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންނާއި ރަނގަޅުވި މީހުން އެއްވަރު ވެއްޖެއެވެ.

މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ ވެސް އަދި ރަނގަޅުވީވެސް 48 މީހުންނެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި އަތޮޅު ތެރެއިން ޕޮޒިޓިވްވި އެކަކު ހިމެނެއެވެ. އެ ނަތީޖާ އައީ 1190 ސާމްޕަލް ޓެސްޓް ކޮށްގެނެވެ. ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް 142،374 ނަގާފައިވެއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހުންނަކީ ދިވެހިން ކަމަށާއި ބާކީ ތިބި 20 މީހުންނަކީ ބިދޭސީން ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 9818 އެވެ.

މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 8438 އެވެ. އެ ބަލީގައި މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 34 މީހެކެވެ.