ޝަރަފުވެރި އޮސްކާ އެވޯޑު މީގެ ކުރިން ހާސިލް ކޮށްފައިވާ އެމެރިކާގެ އެކްޓަރެއް ކަމަށްވާ ޑައާން ކީޓަން އުމުރުން 79 އަހަރުގައި މަރުވެއްޖެ އެވެ.
ޑައާންގެ މަރާ ބެހޭގޮތުން މާ ބޮޑު މައުލޫމާތެއް މީޑިއާއަށް އެނގިފައި ނުވި ނަމަވެސް ހިތާމައިގެ މި ދަނޑިވަޅުގައި އާއިލާއަށް އިހުތިރާމް ކުރަން އެ އާއިލާއިން އެދިފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
1972 ވަނަ އަހަރު ރިލީޒް ކުރި "އެނީ ހޯލްސް"އާއި "ދަ ގޯޑްފާދާ" ފަދަ ފިލްމުތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޑައާންއަކީ އޭނާގެ ކެރިއަރުގައި ތަފާތު ކެރެކްޓަރުތަކެއް ކުޅެދިން އެކްޓަރެކެވެ.
އުމުރުގެ ފަހުކޮޅަށް އައިއިރު ޑައާންގެ ސިއްހީ މައްސަލަތަކެއް ފެންމަތިވި ކަމަށާއި މަރުވީ ވެސް އެ ކަންކަމަށް ފަރުވާ ހޯދަމުން އަންނަނިކޮށް ކަމަށް ހަބަރުތައް ބުނެ އެވެ.
އެކްޓަރެއްގެ އިތުރުން ޑައާންއަކީ ކުޅަދާނަ ޑައިރެކްޓަރެއް ވެސްމެ އެވެ. އޭނާ ވަނީ 80ގެ އަހަރުތަކުގައި ގިނަ އަދަދެއްގެ ފިލްމުތައް ޑައިރެކްޓް ކޮށްދީފަ އެވެ.
ޑައާންގެ ހަޔާތުގައި އެއްވެސް ކައިވެންޏެއް ނުކުރި ނަމަވެސް އެކި އެކްޓަރުންނާ ލޯބީގެ ގޮތުން އޭނާ ގުޅުނު ކަމަށް އަޑު އެރި އެވެ. މަރުވިއިރު އޭނާގެ އަންހެން ދަރިއަކު ހުރެ އެވެ.