ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ތިން މީހަކު ގެއްލިއްޖެ އެވެ.
އެމްއެންޑީއެފްއިން ބުނީ ރޭގެ ވަގުތެއްގައި ބަންޑުން ޖަހާލާފައި ވަނީ މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަށް ދަތުރުކުރި "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިންގ ކްރާފްޓެއް ކަމަށެވެ.
އެ ކޮޅުވެއްޓިން ދަތުރުކުރި ހަތް މީހުންގެ ތެރެއިން ހަތަރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ގެއްލުނު ތިން މީހުންނާ ގުޅޭ އިތުރު ތަފްސީލު އަދި ނުލިބެ އެވެ.
ފުލުހުން ބުނީ ކޮޅުވެއްޓި ބަންޑުން ޖަހާލީ ރޭ މެންދަމު 3:48 ހާއިރު އާއިލާފުށި ރިސޯޓާ އެއް މޭލު ބޭރަށް ކަމަށެވެ.
އެ އުޅަނދުން ގެއްލުނު ތިން މީހުންގެ ތެރެއިން ދެ މީހަކު ތިބީ އޭގައި އޮތް އެކްސްކޯރިއޭޓަރެއްގެ ތެރޭގައި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މީހުން ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި މެރިން ޕޮލިސް ގުޅިގެން އަންނަނީ ކުރަމުންނެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެއަށް ވެސް މޫސުން ގޯސްވެ ކަނޑުތައް ވެސް ގަދަ ދުވަސްވަރެކެވެ.