އިލަން މަސްކްގެ ޖައްވީ ކުންފުނި ސްޕޭސް އެކްސްއިން ކުރިއަށް ގެންދާ ސްޓާޝިޕް ރޮކެޓް ޕްރޮގްރާމްގެ ޓެސްޓް ލޯންޗް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ.
ސްޕޭސް އެކްސްއިން އެންމެ ފަހުން ރޮކެޓް ޖައްވަށް ފޮނުވާލި ރޮކެޓް ފޮނުވާލާފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެމެރިކާގެ ނިއު ޔޯކް ސިޓީ އިންނެވެ.
މިއީ އެ ކުންފުނިން މި ޓެސްޓު ކުރި 11 ވަނަ ފަހަރުކަން ފާހަގަ ކޮށްލެވެ އެވެ. މީގެ ކުރިން ދިހަ ފަހަރެއްގެ މަތިން ސްޓާޝިޕް ލޯންޗް ކޮށްފައިވާއިރު އޭގެ ތެރެއިން ހަ ފަހަރެއް ވަނީ ނާކާމިޔާބުވެފަ އެވެ.
އެ ނާކާމިޔާބީތަކާއެކު ރޮކެޓްގެ އެތިކޮޅުތައް ޖައްވުގެ ތެރޭގައި އެނބުރޭތީ ބައެއް ފްލައިޓްތަކަށް ވެސް އެކި ފަހަރު މަތިން ބުރޫ އަރާފައިވެ އެވެ.
ސްޕޭސް އެކްސްގެ މި ޖައްވީ ދަތުރަކީ މާސްގައި އިންސާނީ ނަސްލު އާލާކުރަން އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ދަށުން ދުނިޔެއާއި މާސްއާ ދެމެދު އިންސާނުން އުފުލަން ބޭނުންކުރާ އުޅަނދުތައް ޓެސްޓުކުރަން ކުރި ދަތުރެކެވެ.
ސީއީއޯ އިލަން މަސްކްގެ އިސް ނެގުމުގެ ދަަށުން 2030ގެ އަހަރުތަކުގައި މާސްގައި އިންސާނީ ނަސްލު އާލާކުރަން ސްޕޭސް އެކްސްއިން ވަނީ އަމާޒު ހިފާފަ އެވެ.