ހެއްވާ މަޖާ ޝޯތައް ބެލުމަކީ އަރާމުކޮށްލާ އާއިލާއާ އެކު ވަގުތު ހޭދަކުރުމަށް ކުރެވިދާނެ ވަރަށް ރަނގަޅު ކަމެކެެވެ. އެއީ ލިބޭ ހުސް ވަގުތުތަކުގައި ހާސްކަން ފިލުވާލަން ގިނަ ބަޔަކު ކުރާ ވެސް ކަމެކެވެ.

އެކި ސްޓްރީމިން ޕްލެޓްފޯމްތަކުން ތަފާތު ސިޓްކޮމްތައް ބެލެން ހުންނައިރު އާއްމުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ގިނަ ޝޯތަކެއް ހުރެ އެވެ. އެގޮތުން ބައެއް ޝޯތަކަށް ބަލާލާނަމެވެ.

ފްރެންޑްސް

މި ޝޯ ނޭނގޭ މީހަކު މަދުވާނެ އެވެ. މިއީި ނިއު ޔޯކްގައި ދިރިއުޅޭ 6 ރައްޓެހިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޝޯއެކެވެ. މި ޝޯގައި 10 ސީޒަން ހިމެނެ އެވެ.

ދަ ބިގް ބޭންގް ތިއަރީ

މިއީ 4 ފިރިހެން ސައެންޓިސްޓުންނާއި އެމީހުންގެ އަންހެން އަވަށްޓެރިޔާ ޕެނީއާއި އެކު އޮންނަ ދިރިއުޅުމުގެ މައްޗަށް ބިނާ ކޮށް ހަދާފައިވާ ޝޯއެކެވެ. މި ޝޯގައި 12 ސީޒަން ހިމެނެ އެވެ.

ދި އޮފީސް

މިއީ އޮފީހެއްގައި އެކީގައި މަސައްކަތް ކުރާއިރު ދިމާވާ އެކި އެކި މަޖާ ކަންކަން ދައްކައިދޭ ޝޯއެކެވެ. މި ޝޯގައި ހިމެނެނީ ނުވަ ސީޒަން އެވެ.

2 ބްރޯކް ގާލްސް

މިއީ ނިއު ޔޯކްގެ ޑައިނާ ކެފޭއެއްގައި ވެއިޓަރުންގެ ގޮތުގައި މަސައްކަތްކުރާ ދެ އަންހެން ކުދިންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާފައިވާ ޝޯއެކެވެ. މި ޝޯގައި ކެރޮލައިން އަދި މެކްސްގެ އާމްދަނީ އިތުރުކުރުމަށް ކުރާ މަސައްކަތް ދައްކައިދެއެވެ. މި ޝޯގައި 6 ސީޒަން ހިމެނެ އެވެ.

ބްރުކްލިން ނައިން ނައިން

މިއީ ބްރުކްލިން ޕޮލިސް ސްޓޭޝަންއެއްގައި މަސައްކަތްކުރާ އޮފިސަރުންގެ މަސައްކަތުގެ ތެރޭގައި ދިމާވާ އެކިކަންކަން ދައްކައިދޭ ޝޯއެކެވެ. މި ޝޯގައި 8 ސީޒަން ހިމެނެ އެވެ.

މޮޑާން ފެމެލީ

މިއީ ބޮޑު އާއިލާއެއްގެ ދިރިއުޅުމުގެ ތެރޭގައި ދިމާވާ ކަންކަން ދައްކައިދޭ ޝޯއެކެވެ. މި ޝޯގައި 11 ސީޒަން ހިމެނޭއިރު އާއިލާގެ އެކި މެމްބަރުންގެ ހަޔާތް ހެއްވާ މަޖާ ގޮތަކަށް ދައްކުވައިދެ އެވެ.

ހައު އައި މެޓް ޔޯ މަދާ

މިއީ ނިއު ޔޯކްގައި ދިރިއުޅޭ ޓެޑް މޯސްބީ ކިޔާ ފިރިހެނަކު އޭނާގެ ދަރިންގެ މަންމައާ ދިމާވި ގޮތް ދަރިންނަށް ކިޔާދޭ ޝޯ އެކެވެ. ދަރިންގެ މަންމައާ ދިމާވުމާ ހަމައަށް ހަޔާތުގައި ދިމާވި ހުރިހާ ކަމެއް ޝޯގެ ނުވަ ސީޒަންގެ ތެރެއިން އޭނާ ދަރިންނަށް ކިޔައިދެ އެވެ.