ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް އުފައްދާފައިވާ ކޮމިޝަނުގެ ރައީސް ކަމަށް މުހައްމަދު ފަރުޝަތު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފި އެވެ.
އެ ނިންމުން ނިންމީ މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
އެ ކޮމިޝަނުން ވަނީ އެ ކޮމިޝަނަށް ކުރިމަތިލެއްވި ހުރިހާ ބޭފުޅުންނާ އިންޓަވިއުކޮށްފަ އެވެ.
ފަރުޝަތަކީ ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރު ކަމާއި މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
ފަރުޝަތަކީ އެ ކޮމިޝަނަށް މަޖިލީހުން ކަނޑައެޅި މެންބަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާގެ އިތުރުން މަޖިލީހުން އެ ކޮމިޝަނަށް އައްޔަންކޮށްފައި ވަނީ ބްރޯޑްކޮމްގެ ކުރީގެ ރައީސް، ސަފާ ޝަފީގު އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު، އާމިނަތު ސަރާހަތު އިއްޒަތެވެ.
ޒިޕްލައިން އެޑްވެންޗާ ގިވްއަވޭގެ ނަސީބުވެރިން އިއުލާންކޮށްފި
ރާއްޖޭގެ ޑީޖީޕީ މިއަހަރު ހުންނާނީ 1 ޕަސެންޓްގައި: އައިއެމްްއެފް
އެމްބާޕޭގެ ރެކޯޑް ލަނޑާއެކު ފްރާންސަށް މޮޅެއް
