ބ. ތުޅާދޫ މަސްޖިދުއްރަހްމާންގެ މަސައްކަތް ނުފެށި ލަސްވާ ސަބަބު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ދެއްކެވި ވާހަކަތަކަކީ ދޮގު ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އެ މިސްކިތް ހުރިތަނުގައި ގަބުރު ކަށި ހުރިކަން އެނގިގެން ވަގުތީގޮތުން ވަނީ ބަންދުކޮށްފަ އެވެ. މިސްކިތުގެ މަސައްކަތް ލަސްވާ ސަބަބާއި ނުހުޅުވި ލަސްވަނީ ކީއްވެތޯ ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ސުވާލު ކުރެއްވުމުން، ޝަހީމް ވަނީ ކައުންސިލުގެ އެއްބާރުލުން ނުލިބޭކަމަށާއި ނުހުޅުވި ލަސްވަނީ ކައުންސިލުގެ އިހުމާލުން ކަމަށް ވިދާޅުވެފަ އެވެ.
ޝަހީމް ވިދާޅުވީ ކައުންސިލުގެ ވެރިންނާއި އެކި ފަހަރުމަތިން މިކަމާއި ވާހަކަދެކެވުނު ކަމަށާއި މިނިސްޓްރީގެ ވަފުދުތައްވެސް އެ ރަށަށް ޒިޔާރަތް ކުރި ކަމަށެވެ. ނަމަވެސް ތުޅާދޫ ކައުންސިލުން ދަނީ އެކަމަށް ވަރަށް ބޮޑަށް ހުރަސްއަޅަމުން ކަމަށް ޝަހީމް ވިދާޅުވި އެވެ.
މި މައްސަލައިގައި ތުޅާދޫ ކައުންސިލުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގައި ތުޅާދޫ ކައުންސިލަށް ރައްދުކޮށް ޝަހީމު ދޮގު ހެއްދެވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. ކައުންސިލުން ވަނީ މިސްކިތް ބަންދުކުރުމާ ގުޅޭގޮތުން އެލްޖީއޭގެ އެންގުމަށް ކައުންސިލުން ތައްޔާރުކުރި ރިޕޯޓުވެސް ބަޔާނާއެކު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.
ރިޕޯޓާއި ގުޅިގެން ބޭއްވި ބައްދަލުވުންތަކަށް ކައުންސިލުގެ ވަފުދެއް މާލެ އައި ނަމަވެސް މިނިސްޓްރީން ބައްދަލުވުގައި ބައިވެރި ނުވާކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. މިސްކިތުގެ މަސައްކަތަށް އިސްލާމިކް މިނިސްޓްރީން މާލީ އެހީތެރިކަން ދޭނެކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެކަމަށް އެއްވެސް ފައިސާއެއް މިހާތަނަށް ދީފައިނުވާކަމަށް ކައުންސިލުން ބުނެ އެވެ.
މައްސަލައިގައި ތުޅާދޫ ދާއިރާގެ މެންބަރު ރަނގަޅަށް މައުލޫމާތު ސާފުނުކޮށް ރައްޔިތުންގެ މަސްލަހަތައް ނުބަލާ ސުވާލު ކުރިކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
ބުދަ ދުވަހު އިސްލާމިކް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރުމުން ވަރަށް ކޯފާ އިސްކުރައްވާ ވަނީ މަޖިލީހުގެ މެންބަރުންނާއި މުހާތަބުކުރައްވާފަ އެވެ. އެކަމާއި ގުޅިގެން އޭނާއަށް ގިނަބައެއްގެ ފާޑުކިޔުންވެސް އަމާޒުވިކަން ފާހަގަކޮށްލެވެއެވެ.
ކްރިމިނަލް ކޯޓުގެ ގާޒީ ފާއިޒު ސަސްޕެންޑުކޮށްފި
ދިއްލީގެ ޖައްވު ރެކޯޑް މިންވަރަށް ނުސާފު ވެއްޖެ
މައީޝާގެ ދަރިއަކު ނުހުރޭ، ޖެންޑާއިން ދަރިފުޅު އަތުލަން ގޮސްފި!