ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެންބަރު ކަމަށް މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހަމަޖައްސަން މަޖިލީހުން ފާސްކޮށްފި އެވެ.
ޖޭއެސްސީގައި 10 މެންބަރުން ތިއްބަވާއިރު، މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެންބަރުގެ މަގާމު ހުސްވީ، އެ މަގާމުގައި ހުންނެވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އާދަމް އިސްތިއުފާދެއްވުމުންނެވެ. ރިޒާ އަކީ އެ ކޮމިޝަނުގެ ރައީސެވެ.
ޖޭއެސްސީގެ މެންބަރު ކަމަށް ހުސްނީގެ ނަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހެވެ. އަދި އޭނާގެ ނަމަށް ތާއީދު ކުރެއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އެވެ.
ހުސްނީ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވާފަ އެވެ.
ފޯނުގެ "ބްލޫ ލައިޓް" އަކީ އަސްލު ނިދި ހަލާކުކޮށްލާ އެއްޗެއްތަ؟
ކުރީގެ މަޖިލިސް މެންބަރު ރާމިޒު އަވަހާރަވެއްޖެ
އީ- ޕާސްޕޯޓް ދޫކުރުން މެދުކަނޑާލައިފި
