އަންނަ ހޮނިހިރު ދުވަހުން ފެށިގެން ރާއްޖޭގައި ޖެނެރޭޝަނަލް ޓޮބޭކޯ ބޭން ގާނޫނު ތަންފީޒު ކުރަން ފަށާއިރު 2007 ވަނަ އަހަރުގެ ފަހުން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިއުމާލު ކުރުން މަނާވާނެ އެވެ.
މި ގާނޫނަކީ ވަކި އުމުރުފުރައަކަށް އަމާޒު ކުރެވިފައިވާ ގާނޫނެއް ނަމަވެސް ދުންފަތަކީ ސިއްހަތަށް ގެއްލުންހުރި އެއްޗަކަށްވާއިރު އެކަން ހުއްޓާލުމަކީ ހަމަ ކޮންމެ އުމުރެއްގެ މީހަކު ވެސް މަސައުކަތް ކުރަން ޖެހޭނެ ކަމެކެވެ.
ވަރުގަދަ އަޒުމަކާއެކު ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލުމަކީ ނުވާނެކަމެއް ނޫނެވެ. މި ލިޔުމުގައި މި ބަލާލަނީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާ މީހަކަށް ހުރި ބައެއް އިރުޝާދުތަކަށެވެ.
ކެއުމުގެ ފަހުން ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ތެރޭގައި އާއްމު ކަމެކެވެ. އެހެން ކަމުން ކެއުމަށް ގެންނަ ބަދަލުތަކަކުން ކެއުމުގެ ފަހުން ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވާ ބޭނުންވުން ކުޑަ ކޮށްދެ އެވެ.
އެގޮތުން ނޮން ކާބޮނޭޓަޑް ބުއިންތައް ކެއުމުގައި ބޭނުންކޮށްފި ނަމަ ކެއުމުގެ ފަހުން ސިނގިރޭޓުގެ ރަހަ ނުބައި ކޮށްދެ އެވެ. ނުބައި ރަހައިގެ ސަބަބުން ދަހިވުން ކޮންޓްރޯލްވެ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީވެ އެވެ. މިފަދަ ބުއިންތަކުގެ ތެރޭގައި ފެނާއި ތާޒާ މޭވާ ޖޫސް ހިމެނެ އެވެ. އަދި ކިރު، ޗީޒް، ޔޯގަޓް އަދި ތަރުކާރީގެ ބާވަތްތައް ކެއުމުގައި ހިމެނުމަކީ ކެއުމުގެ ފަހުން ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންވުން ކުޑަކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކަ އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތް ކުރާއިރު "ޖަންކް ފުޑް" އަދި ފޮނި ތަކެތި ކާހިތްވުމަކީ އާއްމު ކަމެކެވެ. އެހެންކަމަށް ވާނަމަ ޕޮޕްކޯން ބޭނުން ކުރެވިދާނެ އެވެ. އަދި ޕްރޮސެސްޑް ހަކުރުގެ ބަދަލުގައި މޭވާ ފަދަ ގުދުރަތީ ހަކުރު ލިބިދޭ ބާވަތްތައް ބޭނުން ކުރެވިދާނެ އެވެ.
މިއާއެކު ދުންފަތުގެ އިސްތިއުމާލުކުރުމުގެ އިހްސާސް ގެނެވުމަށް ފޮނިތޮށި ނުވަތަ ކެރެޓް ބޭނުން ކުރުމަކީ ކުރެވިދާނެ ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ގިނަ ދުވަހުން ހާސިލް ކުރެވޭ ބުރަ ކަމެކެވެ. ނަމަވެސް ކުރިން ދެންނެވުނު ފަދައިން އެއީ ވަރުގަދަ އަޒުމަކާއެކު މަސައްކަތް ކޮށްފި ނަމަ އެއީ ނުވާނެ ކަމެއް ނޫނެވެ.
ގަދަ އަލީގައި ނިދުމަކީ ހިތުގެ ސިއްހަތަށް ނުރައްކާވާ ކަމެއް!
ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި