ދިރާގު އެކްސް އައިސިކް ކާޑަށް ސަބްސްކްރައިބް ކޮށްގެން ޕީއެސް5 ޕްރޯއެއް ހޯދުމުގެ ފުރުސަތު ހުޅުވައިލައިފި އެވެ.
އަންނަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ކުރިން ދިރާގު އެކްސް އައިސިކް ކާޑަށް ސަބްސްކްރައިބް ކުރާ ކޮންމެ ދަރިވަރަކަށް މި ގުރުއަތުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގު އެކްސް އައިސިކް ސްޓޫޑެންޓް ޑިސްކައުންޓް ކާޑަކީ ދުނިޔޭގެ ފެންވަރުގައި ގަބޫލުކުރާ، ދަރިވަރުންގެ މެދުގައި މަގުބޫލު ކާޑެކެވެ. މި ކާޑަކީ، ދުނިޔޭގެ 130އަށް ވުރެ ގިނަ ގައުމުން ބަލައިގަންނަ، ދުނިޔޭގެ އެކި ކަންކޮޅުތަކުން 150،000އަށް ވުރެ ގިނަ ޑިސްކައުންޓްތަކާއި އެހެނިހެން ފައިދާތައް ލިބިގެންދާ ކާޑެކެވެ.
މީގެ ތެރޭގައި ދިވެހިރާއްޖޭގެ 50އަށް ވުރެ ގިނަ އައުޓްލެޓްތަކުން ޑިސްކައުންޓްތަކާއި ދަރިވަރުންނަށް ހާއްސަ ދިރާގު ހޮޓްޑީލް ހިމެނެ އެވެ. ރާއްޖޭގައި ކިޔަވާ 18 އަހަރުން މަތީގެ ދަރިވަރުންނަށް ހާއްސަކުރެވިފައިވާ މި ކާޑު މެދުވެރިކޮށް އަހަރަކު އެންމެ 100 ރުފިޔާގެ ސަބްސްކްރިޕްޝަނަކުން މި ހުރިހާ ފައިދާތަކެއް ލިބޭނެ އެވެ.
ދިރާގުން ދަނީ ދިވެހި ޒުވާނުންނާއި ކިޔަވާ ކުދިންނަށް، ދިވެހިރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އޮފަރތަކާއި ތަޖުރިބާތައް ގެނެސްދިނުމަށް އަބަދުވެސް މަސައްކަތް ކުރަމުންނެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ހުސްނީ އައްޔަންކޮށްފި
ކަސްޓަމްސްގެ ދެ ޑެޕިޔުޓީ ކޮމިޝަނަރުން ވަކިކޮށްފި
މިއޮތީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން އެހީއެއް!
