މި މަހުގެ ދެވަނަ ދުވަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި އެމްޕީއެލްގެ ދެ މުވައްޒަފުން މަރުވި ހިތާމަވެރި ހާދިސާގައި ހިމެނޭ ކޮޅުވެއްޓީގެ ކެޕްޓަނަކަށް ހުރީ އެފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އޮތް ފަރާތެއް ނޫން ކަމަށް ފުލުހުން ބުނެފި އެވެ.
އެ މައްސަލައާ ގުޅިގެން ހިންގި އެތެރޭގެ ތަހުގީގުން މިހާތަނަށް ހޯދުނު ހޯދުންތައް ހާމަކުރުމުގެ ގޮތުން އެމްޕީއެލް އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.
އެ ބަޔާނުގައި ބުނެގައި ވަނީ އެ ދުވަހުގެ އޮޕަރޭޝަނުގައި ދެ އެކްސްކެވޭޓަރު އެރުވުމަށް މުދާ އެތެރެކުރި ފަރާތުން ހަމަޖެއްސި ކޮޅުވެއްޓި ދުއްވަން ހުރި ކެޕްޓަނަކީ އެފަދަ އުޅަނދަކަށް މުދާ ބަރުކުރުމަށް އިރުޝާދު ދިނުމުގެ ގާބިލުކަން ލިބިފައިވާ ފަރާތެއް ނޫން ކަމަށެވެ. އަދި ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ އަތުގައި މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓް ނެތްކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެމްޕީއެލް އިން ބުނީ ކޮޅުވެއްޓީގެ ސަލާމަތާއި އެހެނިހެން ކަންތައްތައް ގަވާއިދަށް ފެތުނު ނަމަވެސް، މުދާ ބަރު ކުރާ ޑެކްގައި ލަކުޑި އަޅާފައިނުވުމާއި، ދަގަނޑު ޑެކެއް އޮތުމުން މިފަދަ ތަކެތި ބަރުކުރުމާއި އެ މުދާ ބަރުކޮށްގެން ދަތުރުކުރާއިރު، ކަހާލުމުގެ ފުރުސަތު އޮތްކަކަމަށެވެ. އަދި އެއީ ކޮޅުވެއްޓީގެ ސްޓެބިލިޓީ ގެއްލިދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެ ކުންފުނިން ބުނީ އޮޕަރޭޝަންސްތަކުގައި އެ އުޅަނދުގައި މުދާ ބެހެއްޓުމުގައި އެ އުޅަނދުގެ ސްޓެބިލިޓީ ކަށަވަރުކުރުމުގެ ޒިންމާ ހެދިފައި ހުރި ގަވާއިދުތަކުގެ ތެރެއިން، ކަށަވަރުކޮށްދޭންޖެހޭ ފަރާތަކީ އުޅަނދު ކެޕްޓަންކަމަށް ވީ ހިނދު، އެ ފަރާތުން ދީފައިވާ އިރުޝާދާ އެއްގޮތަށް ދެ އެކްސްކެވޭޓަރު ކޮޅުވެއްޓީގައި ބެހެއްޓުމަށްފަހު، ލޭންޑިން ކްރާފްޓްގެ ކެޕްޓަންގެ ހުއްދައާއެކު މަސައްކަތް ނިންމާލައި، އެކަމަށް ބޭނުންކުރި އާލާތްތައް ކާގޯ ބޯޓަށް ނަގާފައިވާ ކަމަށެވެ.
ނަމަވެސް މަސައްކަތް ނިންމާލި ފަހުން، އަނެއްކާވެސް ކޮޅުވެއްޓީގެ ކެޕްޓަންގެ އެދުމުގެ މަތިން އެ އުޅަނދުގެ ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓްު ފަރާތަށް ޖެއްސުމާ ގުޅިގެން، އުޅަނދުގެ ސްޓެބިލިޓީ ގެއްލުމަކީ ކޮޅުވެއްޓި ބަންޑުން ޖެހުމަށް މެދުވެރިވި ސަބަބު ކަމަށް އެ ބަޔާނުގައިވެ އެވެ.
ކޮޅުވެއްޓޮ ބަންޑުން ޖަހާލި ވަގުތު އެ އުޅަނދުގައި ތިބި އެމްޕީއެލްގެ 10 މުވައްޒަފުން ވަނީ މޫދަށް ވެއްޓި، އެކި ވަރުގެ އަނިޔާތައް ލިބިފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
"އެމްޕީއެލްގެ މުވައްޒަފުން އެ އުޅަނދުގައި އެ ވަގުތު ތިބެން މެެދުވެރިވި ސަބަބަކީ މަސައްކަތް ނިންމާލުމަށްފަހު، މުވައްޒަފުން އަނބުރާ މާލޭ ވިޔަފާރި ބަނދަރަށް އައުމަށް އަރަންޖެހޭ ޓަގު ބޯޓަށް އެރެން އޮތީ ލޭންޑިން ކްރާފްޓް ގިރާކޮށްފައި ކަމުގައިވުން،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.
މީގެއިތުރުން ކޮޅުވެއްޓިއަށް ދެ އެކްސްކެވޭޓަރު ބޭލުމުގެ އޮޕަރޭޝަންސްތައް އެ ކުންފުނިން ފުރިހަމަކޮށް، ނިންމާފައިވަނީ މިފަދަ އޮޕަރޭޝަންސްތަކުގައި މި ވަގުތު އަމަލުކުރަމުންދާ އުސޫލުތަކާ އެއްގޮތަށް ކަމަށް އެމްޕީއެލް އިން ބުންޏެވެ.
"މިފަދަ ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި ކޮންސައިނީ (މުދާ ގެންނަ ފަރާތުން) މުދާ ބަރުކުރުމަށް ފޮނުވާ އުޅަނދުތަކުގެ ކެޕްޓަނާއި ފަޅުވެރިން ފެންވަރު ވަޒަންކުރުމާއި ލައިސްނަސް ޗެކްކުރުން ފަދަ ކަންތައްތަކަކީ މި ކުންފުނިން އަމަލުކުރަމުންދާ ޤަަވައިދުތަކާއި ޢުސޫލުގެ ތެރެއިން މި ވަގުތު ބަލަންޖެހޭ ކަމެއް ނޫނެވެ. އެހެން ނަމަވެސް މި ޢުސޫލު މުރާޖާކޮށް، މިހާރު ވަނީ ބަދަލުކުރެވިފައެވެ،" އެމްޕީއެލްގެ ބަޔާނުގައިވެ އެވެ.
އެމްޕީއެލް އިން ބުނީ އެ ކުންފުނީގެ އެތެރޭގެ ތަހުގީގަށް ރިއާޔަތްކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެ ކުންފުނިން މިހާރު ދަނީ ތަންފީޒުކުރަމުން ކަމަށެވެ. އެގޮތުން ޑައިރެކްޓް ޑެލިވަރީ އޮޕަރޭޝަންސްތަކުގައި މިހާރު އަމަލުކުރަމުންދާ އުސޫލުތައް މުރާޖާކޮށް، ހަރުދަނާ ކުރުމާއި ހާއްސަ އޮަޕަރޭޝަންސްތަކުގައި ސޭފްޓީގެ މުވައްޒަފުން ބައިވެރިކުރުމާއި ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުމަށް މުވައްޒަފުން އިތުރަށް އަހުލުވެރިކުރުމަށް މަސައްކަތްތައް ކުރަން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހަފްތާއަކުން ބަރުދަނަށް ބަދަލު ގެނެވިދާނެތަ؟
"އަލްވަދާއު"ގެ ތަރިންނާ ބައްދަލު ކޮށްލަން ބޭނުންތަ؟

ދެން ވަޒީފާ ދިން މީހުންގެ ޒިންމާ ކޮބާ؟
ރިޕްލައި