ހެއްވާ މަޖާ ފިލްމުތަކުން މަގުބޫލުކަން ހޯދާފައިވާ ބޮލީވުޑްގެ މަޝްހޫރު ތަރި ގޯވިންދާއަކީ ރަނގަޅު ފިރިއެއް ނޫން ކަމަށް އޭނާގެ އަންހެނުން ސުނީތާ އަހޫޖާ ބުނެފި އެވެ.
ދާދި ފަހުން ޕިންކްވިލާއަށް ދިން އިންޓަވިއުއެއްގައި ސުނީތާ ވަނީ ގޯވިންދާއާއާއެކު ކުރެވުނު ކައިވެނީގެ ތަޖުރިބާތަކާއި ހެދިފައިވާ ގޯސްތައް ހިއްސާ ކޮށްފަ އެވެ.
އެގޮތުން ގޯވިންދާއަކީ އަނބިންނަށް ހެޔޮ އަދި ރަނގަޅު ފިރިއެއް ނޫން ކަމަށާއި އޭނާގެ ގިނަ ވަގުތު ހޭދަކުރަނީ އަންހެން އެކްޓަރުންނާ އެކުގައި ކަމަށް ސުނީތާ ބުންޏެވެ.
އެކަހަލަ ގިނަ ކަންކަން ގޯވިންދާގެ ފަރާތުން ފެންނާތީ ދިރިއުޅުމުގައި އިތުރު ފުރުސަތެއް ލިބިއްޖެނަމަ ފިރިއެއްގެ ގޮތުގައި ގޯވިންދާ ބޭނުންނުވާ ކަމަށް ވެސް ސުނީތާ ބުނެފައިވެ އެވެ.
މީގެ އިތުރުން އޭނާގެ އަމިއްލަ ރައްޓެހިންގެ ގޮތުގައި ކިޔާނެ ބަޔަކު ނެތް ކަމަށާއި އޭނާގެ ރައްޓެހިންނަކީ އޭނާގެ ދަރިން ކަމަށް ވެސް ސުނީތާ ބުނެފައިވެ އެވެ.
1987 ވަނަ އަހަރު ކައިވެނިކުރި ގޯވިންދާއާއި ސުނީތާގެ ހަޔާތުގައި ގިނަ އަޑިގުޑަންތަކެއް އައިސްފައިވާއިގު އޭގެ ތެރެއިން ވެސް ފާހަގަ ކޮށްލެވެނީ ބޮލީވުޑްގެ ބައެއް އަންހެން ތަރިންނާ ގޯވިންދާ ލޯބީގެ ގޮތުން ގުޅުނު ކަމަށް ދެކެވުނު ވާހަކަތަކެވެ.
ބާރްތީ ބޭނުންވަނީ އަންހެން ކުއްޖެއް!
މިއީ އާދައިގެ ގަޑިތަކެއް ނޫން!
އެސްޑީއެފްސީ ރީބްރޭންޑްކޮށް އެސްއެމްއީ ޑިޖިޓަލް އަށް ބަދަލުކޮށްފި