ފުވައްމަލަކު ފެނުގެ ނެޓްވޯކް ވަރަށް ބޮޑަށް ހަލާކުވެ ފުވައްމުލަކު ގިނަ ރައްޔިތުން ފެނަށް ޖެހިއްޖެ އެވެ.
ފެނަކަ ކޯޕަރޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ވަނީ ފުވައްމުލަކު ފެނުގެ ނެޓްވޯކް ސާފްކުރުމަށްޓަކައި ހައިޑޯޒެއްގެ ކްލޮރިން ދަނީ ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރެވެމުން ކަމަށެވެ. އެހެންކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުން ނުކުރުމަށް ފެނަކައިން ވަނީ ފުވައްމުލަކު ރައްޔިތުންނަށް އަންގާފަ އެވެ.
ފެނުގެ ހިދުމަތް މެދުކެނޑޭ ގަޑިތަކުގައި ވޯޓާ ޕިޔުރިފަޔާ ނިއްވާލުމަށް ވެސް ފެނަކައިން ވަނީ އަންގާފަ އެވެ.
ފެނަކައިން ބުނީ ފުވައްމުލަކުގެ ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި މޭޖާ ލީކޭޖެއް އުޅޭ ކަމަށެވެ. އެހެންވެ މިއަދު 1:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ފުވައްމުލަކުން ފެނުގެ ހިދުމަތް ކަނޑާލި އެވެ.
ފުވައްމުލަކުގެ ގިނަ ރައްޔިތުންނަށް ފެން ލިބުމުގައި ދަތިތަކެއް ކުރިމަތިވާތާ އެތަކެއް ދުވަސް ވެއްޖެ އެވެ. ދާދިފަހުން ރައީސް މުހައްމަދު މުއިއްޒު ފުވައްމުލަކަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ފެނުގެ މައްސަލަ ވަގުތީގޮތުން ހައްލުކުރި އެވެ. ނަމަވެސް އެމަނިކުފާނު އެނބުރި ވަޑައިގަތްފަހުން އަނެއްކާވެސް މައްސަލަތައް ދިމާވާން ފެށި އެވެ.
"އަލްވަދާއު"ގެ ޓްރެއިލާ ނެރެފި
މައްސަލަ ހުށަހެޅުމުން ޝިފާނަށް އެކަން ގޯސްވެއްޖެ
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި
