ހަމަ ކޮންމެ މީހަކީ ވެސް ރީތި ހަންގަނޑެއް ބޭނުންވާނެ މީހެކެވެ. އެކަމަށްޓަކައި ގިނަ ބަޔަކު ބޮޑެތި ހަރަދުކޮށް އަގުބޮޑު އުފެއްދުންތައް ވެސް ބޭނުންކުރެ އެވެ.
އެހެން ނަމަވެސް މިއީ ޖީބަށް ލުއި ގޮތެއްގައި ވެސް ހާސިލް ކުރެވިދާނެ ކަމެކެވެ. ކެއުމުގައި ހިމެނޭ ވަކި ބާވަތްތަކަކުން ހަމަށް އަންނަ ބަދަލު އިސާހިތަކު ފާހަގަ ވެދާނެ އެވެ.
އެންޓި އޮކްސިޑެންޓްސް މުއްސަނދި ކާނާ
އެންޓި އޮކްސިޑެންޓްސްތަކުން މުއްސަނދި ވެފައިވާ ބާވަތްތައް ކެއުމުގައި ހިމަނާނަމަ ފްރީ ރޭޑިކަލްސްތަކުން ދުރުކޮށްދީ އިންފްލެމޭޝަން ހުއްޓުވަ އެވެ. މީގެ ތެރޭގައި ބްލޫބެރީ، ރޭސްޕްބެރީ، ސްވިސް ޗާޑް އަދި ރީނދޫ ހިމެނެ އެވެ.
ފެން އެކުލެވޭ ކާނާ
ކެބެޖް، ކިއުކަމްބާ، ކެންޓެލޮޕް އަދި ކަރާ ފަދަ ބާވަތްތަކުން ހަންގަނޑުގެ ގުދުރަތީ ތެތްކަން ދަމަހައްޓައިދީ ހަންގަނޑު އުޖާލާކޮށް ބަހައްޓައިދެ އެވެ.
ގްލައިމެކް މަދު ކާނާ
ގްލައިމެކްއަކީ މޫނުގައި އޮށާޅަ ނެގުމަށް މަގުފަހި ކުރުވާ މާއްދާ އެކެވެ. އެހެން ކަމުން ސްޕިނަޗް، ގޮދަން، ޒުކިނީ އަދި އަލްމަންޑްސް ފަދަ ބާވަތްތަކަކީ ސާފު ހަންގަނޑަކަށް ކެއުމުގައި ގިނަކުރަންވީ ބާވަތްތަކެވެ.
ބޭޓާ ކެރޮޓީން ގިނަ ކާނާ
ބާޓާނާ ބަރަބޯ، ކައްޓަލަ އަދި ކެރެޓު ފަދަ ބޭޓާ ކެރޮޓިން ހިމެނޭ ބާވަތަތަކުން އިރުގެ އަލިން ހަންގަނޑަށް ލިބޭ ގެއްލުންތަކުން ރައްކާތެރި ކޮށްދިނުމުގައި އެހީތެރިވެދެ އެވެ.
ހައްދުފަހަނައަޅައިދިއުމުގެ މައްސަލަ ހައްލުކުރަން ޕްރޮގްރާމެއް
ކޮންމެ ދުވަހަކު ވެސް އިނގުރުކޮޅެއް ކާންވާނެ!
ދީޕިކާގެ ދަބަސް ކަލެކްޝަނަށް ނަޒަރެއް!