ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުހައްމަދު މުއިއްޒު ބައްލަވާލައްވައިފި އެވެ.
މި މަޝްރޫޢަކީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައި އަމަލީ މަސައްކަތް ފެއްޓެވި މަޝްރޫޢެކެވެ. ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވީ، އަށް މަސްދުވަހުގެ ތެރޭގައި ރަސްމާލެ ހިއްކާ ނިންމަވާށެވެ. ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވީއިރު ވެސް ރަސްމާލެ ހިއްކުމުގެ މަސައްކަތް ނިމިފައެއްނުވެ އެވެ.
ރަސްމާލެ އަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލެއް ލިބޭނެ މަޝްރޫއު ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސް ވަނީ ކުރިއަށް އޮތް ފަސް މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މިމަޝްރޫއުގެ ބިން ހިއްކަމުންދަނީ އެކި ސަރަޙައްދުތައް، އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ތިން ސަރަހައްދެއްގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް ދާއިރު، ސައިޓް-ޖޭގެ މަސައްކަތް މިހާރު ވަނީ ހިއްކާ ނިންމަވާފަ އެވެ. ސައިޓް-އެލް ގެ 25.53 ޕަސެންޓް، އަދި ސައިޓް-ސީގެ 20.09 ޕަސެންޓް ވަނީ ނިންމަވާފަ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމުގައި ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި މާލެ ސަރަހައްދުގައި ބިންހިއްކުމުގެ މަޝްރޫއުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، ކުރިއަށް އޮތް ޑިސެމްބަރު މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. އިތުރު ޑްރެޖަރުތަކާއެކު، ރަސްމާލޭ ބިންހިއްކުމުގެ ދުވެލި، ތިން ގުނަ ހަލުވިވެގެންދާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފަ އެވެ.
ތިމާވެއްޓާ ރައްޓެހި "އިކޯ ސިޓީ" އެއްގެގޮތުގައި ތަރައްގީކުރާ ރަސްމާލެ ތަރައްގީކުރުމަށް 1،153 ހެކްޓަރުގެ ބިން ހިއްކުމަށްވަނީ ހަމަޖެހިފަ އެވެ.
"ދާއިމީ ހައްލު ގެނެސް މިއަދު ހަވީރު ފުވައްމުލަކަށް ފެން ލިބޭނެ"
ކޮންމެ ދުވަހަކު ވެސް އިނގުރުކޮޅެއް ކާންވާނެ!