މީހަކު މަރާލިކަން ސާބިތުވެ ހުޅުމާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު މިދިޔަ ހަފްތާގައި ފިލިކަން އެނގިއްޖެ އެވެ.
"ހުރިހާ"އަށް ކަށަވަރުވެފައިވާގޮތުގައި މިދިޔަ ހަފްތާގައި ފިލި ގައިދީ ވަނީ ހޯދައި އަނބުރާ ޖަލަށް ގެންގޮސްފަ އެވެ. ނަމަވެސް އޭނާ ފިލިކަން ކަރެކްޝަނަލް ސާވިސް އިން ވަނީ ސިއްރުކޮށްފަ އެވެ.
މިކަމާ ގުޅިގެން އެއްވެސް ވާހަކައެއް އަދިވެސް ކަރެކްޝަނަލް ސާވިސް އިން ދައްކާފައެއްނުވެ އެވެ.
ހުޅުމާލެ ޖަލުން ފިލީ ކަމަރުލް އިސްލާމް ނަމަކަށް ކިޔާ ބަންގްލަދޭޝް މީހެކެވެ. އޭނާ އަކީ ބިދޭސީއަކު މަރާލިކަން ސާބިތުވެ 25 އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ.
އޭނާ ފިލައިގެން ދިޔައީ ޖަލުގައި އޮންނަ އުސޫލުގެ ތެރެއިން މުޖުތަމައަށް ހިދުމަތްކުރަން ފުރުސަތު ދެވޭ ގައިދީންނަށް ފުރުސަތު ދީފައި ވަނިކޮށެވެ.
ކަމަރުލް އިސްލާމް 25 އަހަރަށް ޖަލަށްލުމުގެ އިތުރުން މަރުގެ ދިޔައިގެ ގޮތުގައި 133،333.33ރ. ދިނުމަށް ވެސް އޭނާގެ މައްޗަށް ހުކުމްކޮށްފައިވެ އެވެ.
ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.
ޑްރަގާ އެކު ހައްޔަރުކުރި އެންމެން ޝަރީއަތް ނިމެންދެން ބަންދަށް
"އިންސިއުލިން ރެސިސްޓަންސް"އަށް ސަމާލުވާންވީ ކީއްވެ؟
