ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ވެކްސިން ޕާސްޕޯޓު ގެންގުޅުމާ ދެކޮޅަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އަޑު އުފުލައިފި އެވެ.
އޭޕްރިލް 15 ވަނަ ދުވަހު ބޭއްވުނު އެ ޖަމިއްޔާގެ ބައްދަލުވުމުގެ ޚުލާސާ ރިޕޯޓުގައި ބުނެފައިވަނީ ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ވެކްސިން ޕާސްޕޯޓު ބޭނުން ކުރުމަކީ އެކި ތަފާތުކުރުންތަކަށް ފުރުސަތު ހޮޅުވޭނެ ކަމެއް ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ވަނީ ވެކްސިން ޖެހިކަން ސާބިތުކޮށްދެވޭނެ އިންސާފުވެރި އިތުރު ގޮތްތައް ހޯދުމަށް ގައުމުތަކަށް ގޮވާލާފަ އެވެ.
ޑަބްލިއުއެޗްއޯގެ މި ގޮވާލުމަކީ ގިނަ ގައުމުތަކަކުން އެ ގައުމުތަކަށް ވަންނަ ފަތުރުވެރިންނާއި ކުޅިވަރު ފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުން ވެކްސިން ކާޑު ހުށައެޅުން ލާޒިމް ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ.
ވެކްސިން ޕާސްޕޯޓު ތައާރަފުކުރުމަކީ ޒުވާނުންނާއި އުމުރުން ދުވަސްވީ މީހުންގެ އިތުރުން ފަގީރުންނާވި މުއްސަނދިންގެ މެދުގައި އޮތް ތަފާތުތައް އިތުރުވާނެ ކަމެއް ކަމުގައި މާހިރުން ދަނީ ބުނަމުންނެވެ.
މާރާމާރީގެ މައްސަލާގައި ކްރިސް ކުށަށް އިއުތިރާފް ވެއްޖެ
"ކޯން ބަނޭގާ ކްރޯޑްޕަތީ 18"އާއެކު އަމީތާބު ޓީވީ ސްކްރީނަށް!
ދުނިޔޭގެ ފަސް ގައުމަކުން މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލައިފި