ވެރިކަންކުރާ ޕީއެންސީގެ ސެނެޓް މެންބަރު އިބްރާހީމް ސަނާހު (ސަންޓޯ) އެ ޕާޓީން ވަކިވެއްޖެ އެވެ.
ސަނާހަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުހައްމަދު މުއިއްޒު ވެރިކަމަށް ގެނައުމަށް އެތަކެއް ގުރުބާނީތަކެއް ވެވަޑައިގެންނެވި ބޭފުޅެކެވެ.
ފޭސްބުކުގައި ސަންޓޯ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީއެންސީގެ ސެނެޓު މެންބަރުކަމުންނާއި އެ ޕާޓީގެ މެންބަރުކަމުން މިއަދުން ފެށިގެން ވަކިވެއްޖައިން ކަމަށެވެ. އެ ޕޯސްޓުގައި ރައީސް މުއިއްޒު އާއި ޕީއެންސީގެ ރަސްމީ އެކައުންޓު ވެސް ޓެގު ކޮށްފައިވެ އެވެ.
މިކަމާ ގުޅޭގޮތުން އޭނާގެ ބަހެއް އަދި ނުލިބެ އެވެ.
ތިމަރަފުށީ ދާއިރާއަށް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރުމުގެ ޓިކެޓް އޭނާއަށް ލިބިފައި ވަނިކޮށް ރައީސް މުއިއްޒު ތާއީދު ކުރެއްވީ މިހާރުގެ މެންބަރު އަހްމަދު ރިޔާޒަށެވެ.
ރައީސް މުއިއްޒުގެ ހައްގުގައި އެތަކެއް ގުރުބާނީތަކެއްވި ސަނާހު ޕީއެންސީގެ ތެރޭގައި ގިނަ ބައެއްގެ ސަޕޯޓް އޮތް ބޭފުޅެކެވެ.
އޭނާ އަކީ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް މުއިއްޒުގެ ޕާސަނަލް އެސިސްޓަންޓެވެ.
ވިލާ ސިމެންތި: ރާއްޖޭގެ ތަރައްގީގައި 26 އަހަރުގެ އިތުބާރު
ހޯރަފުށީގައި ކުދިންތަކެއް މީހަކަށް އަނިޔާކުރި މައްސަލައެއް ބަލަނީ
ޓެކްސް ކޮމިޝަނަރަކަށް އަމީޒާ އައްޔަންކުރަން ރުހުން ދީފި
