މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ބޯޑަށް ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު ޖަމީލް އުސްމާން އައްޔަން ކޮށްފި އެވެ.
އެމްއޭސީއެލްގެ ބޯޑު މެމްބަރުކަމުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަނީ ދާދިފަހުން ވަކިކޮށްފަ އެވެ. އަދި އެ ބޯޑުގެ މެންބަރުންގެ އަދަދު 7 އިން 9 އަކަށް ވަނީ ބަދަލުކޮށްފަ އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑް (ޕީސީބީ)އިން މިއަދު ވަނީ، އެމްއޭސީއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ޖަމީލް އުސްމާން އައްޔަން ކުރިކަން ހާމަކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި ރިޔާޒު ވަކިކުރެއްވީ، މި ފަހުން އެމްއޭސީއެލްއިން ބިން ހިއްކުމާއި ސަރުކާރުގެ ބައެއް މަޝްރޫއުތައް ހިންގުމަށް ހަވާލުވާން ބޯޑުން ނިންމި ނިންމުމާ އޭނާ ދެކޮޅު ހެދުމުންނެވެ.
އެމްއޭސީއެލްގެ ބޯޑުގައި މިހާރު ތިއްބަވާ މެންބަރުން
- އައިޝާ ނޫރްއައިން ޖަނާހް - ޗެއާޕާސަން
- އިބްރާހިމް ޝަރީފް މުހައްމަދު - އެމްޑީ
- ސަހާ ވަހީދު
- އިބްރާހިމް ސިޔާދު ގާސިމް
- އިބްރާހިމް މަހުދީ
ރީމާ އޭރު ދެއްކި ހިތްވަރުގެ ނަތީޖާ މިއަދު ވަރަށް ފޮނި!
މާބަނޑުއިރު އިތުރުވި ބަރުދަން ލުއިކުރަން އެހީއެއް!
ބްރޫސްގެ ސިއްހަތާ ބެހޭގޮތުން ވާހަކަ ދައްކައިފި
