ހައިކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން، ފައިސަލް އިސްތިއުފާދެއްވުމާ ގުޅިގެން ފަނޑިޔާރުކަމުގެ މަގާމުގައި ހުންނަވައިގެން ކޮށްދެއްވާފައިވާ އަގު ހުރި ހިދުމަތްތަކަށް، ހައިކޯޓުގެ ނަމުގައި އެ ކޯޓުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ފަނޑިޔާރުކަމުން ފައިސަލް އިސްތިއުފާ ދެއްވި ސަބަބެއް އަދި މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ.
އޭސީސީން މިރޭ ބުނީ ފައިސަލަށް ތުހުމަތުވާ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލައެއް ބަލަމުންދާ ކަމަށެވެ. ފައިސަލް އަށް ތުހުމަތު ކުރެވޭ ކޮރަޕްޝަން އަދި މަނީލޯންޑަރިން މައްސަލަ ބަލަމުން ދާކަމަށް ބުނެފައިވީ ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް ނުދެ އެވެ.
ފައިސަލް މަގާމުން އިސްތިއުފާ ދެއްވިއިރު ހައި ކޯޓުގައި ހުންނެވި އެންމެ ގިނަ ދުވަސްވީ ފަނޑިޔާރު މުހައްމަދު ނިޔާޒު، ފަނޑިޔާރުކަމުން ރިޓަޔަކުރައްވަން ނިންމަވައި، އެކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ވަނީ ހުށަހަޅުއްވައިފަ އެވެ. އެ ފަނޑިޔާރާ ގުޅޭ ސުލޫކީ މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ.
މީގެއިތުރުން ވެސް ހައިކޯޓުގެ އިތުރު ފަނޑިޔާރުންތަކެއްގެ މައްސަލަ ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން އަންނަނީ ބަލަމުންނެވެ.
ޖީ 20ގެ ގަރާރު ދެކުނު އެފްރިކާއިން ފާސްކޮށްފި
އެމްއޭސީއެލްގެ ބޯޑަށް ކުރީގެ މެންބަރު ޖަމީލް އުސްމާން
އީރާނުން މައުލޫމާތު ހިއްސާކުރަން މަޖުބޫރުކޮށް ގަރާރެއް ފާސްކޮށްފި