ރައީސް މުހައްމަދު މުއިއްޒުގެ މި ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާގެ ދަށުގައި އޮން ކަމެއް ކަމަށާއި ނަމަވެސް އެ ޒިންމާ އަދާކުރުމުގައި މަޖިލިސް ފެއިލްވެއްޖެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްްޖެ އެވެ.
ޕީއެންއެެފްއިން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލިސް ނުކުޅިދިފައިވާތީ އެކަން ކުރަނީ އެމަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ސިޔާސީ ޕާޓީ ޕީއެންއެފްއިން ކަމަށެވެ. އަދި ޕީއެންއެފް އިން ސަރުކާރު ޖަވާބުދާރީ ކުރަން ޕީއެންއެފް އިން ކުރާ މަސައްކަތުގައި ސަރުކާރުން އެންމެ ލޯ ލާރިއެއް ވެސް ނަގާފައި ނުވާނެ ކަަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ޕީއެންއެފްގެ އިތުރުން ދެން ސަރުކާރު ޖަވާނުދާރީ ކުރުވަން އެންމެ ބުރަ މަސައްކަތެއް ކުރަނީ އެމަނިކުފާނަށް ނިސްބަތްވާ ޓީވީ ޗެނަލް "ޗެނަލް 13" ކަމަށެވެ. އަދި ސަރުކާރު ޖަވާބުދާރީކުރުވުމަށް ވަކިކޮޅަކަށް ނުޖެހި ރިޕޯޓުތައް ވެސް ގެނެސް ދެނީ ޗެނަލް 13އިން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
އެ ޓީވީ ސްޓޭޝަން ހިންގާކަށް ވެސް ދައުލަތުން ލާރި ނަގާފައިނުވާނެ ކަމަށާއި މީގެ ކުރިިން ވެސް ނަގާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލައިގެން އެމަނިކުފާނަށް ވާނެ ގެއްލުމެއް އަދި ލިބޭނެ ދެރައެއް ވެސް ނޯންނާނެ ކަމަށެވެ. އަދި ގެއްލުމެއް ވިޔަސް ވާނީ އަދުގެ ރައީސް މުއިއްޒު ވެރިކަމުން ފައިބައިވަޑައިގަތީމަ އެމަނިކުފާނަށް ކަމަށް ރައީސް ޔާމީން ވިދާޅުވި އެެވެ.
ދިރާގުން ދޭ ދެ ސްޕީޑްބޯޓް ހޯދަން ބާކީ ދެ ދުވަސް
މެސީގެ ސަޕޯޓަރުން ބޭނުންވި ގޮތަށް ރޮނާލްޑޯއަށް އަދަބު ނުދިން
ސެލީނާ އޭނާގެ ފިރިމީހާއަށް ގެވެށި އަނިޔާގެ ދައުވާ ކޮށްފި