މެދުކެނޑުމެއްނެތި ގިނަ އިރުތަކެއް ވަންދެން ސީރީޒް ބެލުން ނުވަތަ ބިންޖް ވޮޗިންއަކީ މިހާރަކަށް އައިސް ދިވެހި ޒުވާނުންނާއި ކުޑަކުދިންގެ މެދުގައި ވެސް އާއްމު ކަމެކެވެ.
އެއްފަހަރާ ސީރީޒްގެ ހުރިހާ އެޕިސޯޑެއް ބަލައި ނިންމާލެވުމަކީ ކިތަންމެ ހިތްހަމަޖެހޭ ކަމަކަށް ވީނަމަވެސް އެކަމުގެ އަނދިރި ފަރާތާ ބެހޭގޮތުން މާހިރުން މިހާރު މިވަނީ އިންޒާރު ދީފަ އެވެ.
އެގޮތުން އެއީ މީހާގެ މެޓަބޮލިޒަމްއާއި ނިދުމުގެ އިތުރުން ވެސް ނަފްސާނީ ސިއްހަތަށް ގެއްލުންދޭ ކަމެއް ކަމުގައި ޑޮކްޓަރުން ވަނީ ބުނެފަ އެވެ.
އެއްތަނެއްގައި މާ ގިނައިރު އިށީނދެ އިނުމުގެ ސަބަބުން ލޭގެ ހަކުރުގެ މިންވަރު ބެލެންސް ނުކުރެވި ހަށިގަނޑުގައި ދައުރުވާ ހޯމޯންތަކަށް ވެސް ނޭދެވޭ އަސަރު ކުރެ އެވެ.
"އެއްތަނެއްގައި މާ ގިނައިރު އިށީނދެ އިންނަނަމަ ހަށިގަނޑުގެ މަސްތަކުން ގުލްކޯޒް ބޭނުންކުރާ މިންވަރު މަދުވެ ލޭގައި ދައުރުވާ ހަކުރުގެ މިންވަރު މަތިވޭ" އެކަމާ ބެހޭގޮތުން ވާހަކަ ދެއްކި ޑޮކްޓަރަކު ވިދާޅުވި އެވެ.
މި ސަބަބުތަކަށްޓަކައި ބިންޖް ކުރުމުގައި ސަމާލުވެ އެކަމުން ވީހާވެސް ބޮޑަށް ދުރުވުމަށް ޑޮކްޓަރުންނާއި ސިއްހީ މާހިރުން ވަނީ ލަފާދީފަ އެވެ.
ގެއްލިގެން ހޯދި 14 އަހަރުގެ އަންހެން ކުއްޖާ ފެނިއްޖެ
ތާބޫގެ ނަމުގައި ބައްޕަގެ ނަން ހިމަނަން ބޭނުން ނުވާ ސަބަބު!
ކައުންސިލް އިންތިހާބަށް އެމްޑީޕީން 58 ދާއިރާގައި ޕްރައިމަރީއަކަށް