ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވެ, މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ގަމު އިންޖީނުގޭގައި އަލިފާން ރޯވީ މިއަދު 2:45 ހާއިރު އެވެ.
އެމްއެންޑީއެފް އިން ކުރި މަސައްކަތުން މިހާރު ވަނީ އަލިފާން ކޮންޓްރޯލް ކުރެވިފަ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އަލިފާން އެންމެ ފުރަތަމަ ހިފީ ދުންހޮޅީގައި ކަމަށެވެ.
"އެވަގުތު މުވައްޒަފުން ވަރަށް މަސައްކަތް ކުރި އަލިފާން ކޮންޓްރޯލްކުރަން. އެކަމަކު ނުވި،" އޭނާ ކިޔައިދިނެވެ.
ފުލުހުން ބުނީ އެ ހާދިސާގައި އެއް ޖަނެރޭޓަރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.
މިއީ މޫނު ދޮވުމުގައި ސަމާލުވާންވީ ކަމެއް!
ސައޫދީގައި މުއްސަނދި ބޭރު މީހުންނަށް ރާ ހުއްދަކުރަނީ
ފަތުރުވެރިންތަކަކާ އެކު ލޯންޗެއް ބަންޑުން ޖަހާލައިފި
