ދެވަނަ ދަރިފުޅަށް ބަލިވެ، ވިހަން ތައްޔާރު ވެފައި އިން ބޮލީވުޑްގެ މަޝްހޫރު ތަރި ސޯނަމް ކަޕޫރުގެ އާ ފޮޓޯތަކެއް މީޑިއާގައި ދައުރުވަމުން އެބަދެ އެވެ.
މިފަހުން ބޭއްވި އިވެންޓެއްގައި ބައިވެރިވި ސޯނަމްގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު ވަރަށް އަވަހަށް އޭނާ ވިހާފާނެ ކަމަށް ބެލެވެ އެވެ.
ކަޅު ކުލައިގެ ސާރީ ހެދުމެއްގައި ސޯނަމް ހުރިއިރު އޭނާގެ އެ ފެނިލުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ. ހަބަރުތައް ބުނާ ގޮތުގައި އެއީ މަޝްހޫރު ޑިޒައިނަރެއް ފަރުމާ ކޮށްފައިވާ ބަނާރަސީ ސާރީ އެކެވެ.
ދެވަނަ ފަހަރަށް ބަލިވެ އިންކަން ސިއްރުކޮށްގެން ގިނަ ދުވަސްތަކެއް އުޅުމަށްފަހު ސޯނަމް އެކަން އިއުލާންކުރީ މިދިޔަ ނޮވެެމްބަރު މަހުގެ ފަހުކޮޅު އެވެ. މިއީ އެއަށްފަހު ބޭރުތެރެއިން އޭނާ ފެނުނު ފުރަތަމަ ފަހަރެވެ.
އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ އާނަންދު އަހޫޖާއާ 2018 ވަނަ އަހަރު ކައިވެނިކުރި ސޯނަމް ވަނީ އޭނާގެ ފުރަތަމަ ދަރިފުޅު ވާޔޫ ވިހާފައިވަނީ 2022 ވަނަ އަހަރު އެވެ.
ޑައެޓް ކޯކާއި ޒީރޯ ކޯކުގެ ތަފާތަކީ ކޮބާ؟
މެތިއުގެ ޑޮކްޓަރު ޖަލަށް ލާން ހުކުމް ކޮށްފި
ގިނަ އަދަދެއްގެ ވޭޕާއި ކާޓްރިޖް ފުލުހުން އަތުލައިގެންފި