އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް އަދި އެ ތަކެތި އާންމުންނަށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށްފަހު ބިދޭސީންތަކެއް އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ އެ މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ހާއްސަ ކޮށްފައިވާ ޓާސްކުފޯހުން ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި ކަމަށެވެ.
އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 18 ބިދޭސީން ރޭ ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ސާފުތާހިރުކަމެއް ނެތް އެ ތަނުގެ ތެރޭގައި އެ މީހުން ތައްޔާރު ކުރަމުން ދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތާއި މަސްމިރުހާއި ހިކިމަހުގެ އިތުރުން އެކި ކަހަލަ ގުޅަ އާއި ލުއިކާނާގެ ވައްތަރުތައް ހިމެނެ އެވެ.
އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި "އަލިކޮ އިންވެސްމަންޓް" ބްރޭންޑުގެ ނަމުގައި މުރާލި އައި ރިހާކުރު ޗިޕްސް އާއި ގުޅަ ޕެކެޓާއި މަސް ޕެކެޓް ބަންދުކޮށްފައި ހުއްޓެވެ. އެ ބްރޭންޑުގެ ލޭބަލްގައި އާންމުކޮށް ވެސް މާލޭގެ އެކި ފިހާރަތަކުގައި އެއްޗެހި ވިއްކަ އެވެ.
ބިދޭސީން އެ ތަކެތި ތައްޔާރުކޮށް ބަންދު ކުރަމުން ދިޔައީ އެ މީހުން ނިދުމަށް ބޭނުންކުރަމުން ދިޔަ ކޮޓަރީގެ ބަންކު ބެޑް ޖަހާފައި ހުރިއިރު އޭގެ މަތީގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން ކެއްކުމަށް ބޭނުން ކުރަމުން ދިޔައީ ފާހަނާ އެކެވެ. އެ ތަނުގައި އުނދުން ބަހައްޓައިގެން ކައްކަން ހުރި ތެލިތައް ވެސް ފެނެ އެވެ.
ތެލުލާން ތައްޔާރުކޮށްފައި ހުރި ގުޅަ އާއި ކޮށާފައި ހުރި ފިޔާ ތަށިތައް ވެސް ހުރީ ފުއް ގޯނިތައް މަތީ އެވެ. ތެލުލާފައި ހުރި ލުއިކާނާ އަޅާފައި ހުރީ ބޮޑެތި ރަށި ތައްޓަށާއި ހުސް ފޮށިގަނޑުތަކަށެވެ.
މި ގޮތަށް ބިދޭސީންތައް އިސްވެ، ނުތާހިރުކޮށް ކާބޯތަކެތި ހަދަން ބޭނުންކުރާ ގެތަކާއި ފްލެޓްތައް އިމިގްރޭޝަނުން ދާދި ފަހުން ވެސް ވަނީ ރެއިޑްކޮށް، ބައެއް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން، ދެ އަހަރު ތެރޭގައި މިހާތަނަށް 8،609 މީހުން ޑީޕޯޓު ބިދޭސީން ޑީޕޯޓުކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
އިންޑިއާއަށް ބަދަލުވި ސަބަބު މާދުރީ ބުނެދީފި
ވޯލްޑް ކަޕް 2026 ގެ މެޗުތަކުގެ ޝެޑިއުލް އާންމުކޮށްފި
ފަޒުލްއަށް ދައުވާ ނުުކުރަން ޕީޖީން ނިންމުމުން އޭނާ ސަލާމަތްވެއްޖެ
