މާލޭގެ ގެއެއްގެ ތަޅުންގަނޑުން ބަޔަކާއެކު މީހަކު އުނަގަނޑާ ހަމައަށް ގަނބައިގެންފި އެވެ.
އެ ހާދިސާ ހިނގީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި މ. އޭޑީ ރީޑު ނަމަކަށް ކިޔާ ގޭގައި އެވެ.
މި ހާދިސާ ހިނގަން މެދުވެރިވީ އެގޭގެ އިރަށް އޮތް ގޯތީގައި އިމާރާތް ކުރުމަށްޓަކައި ކޮނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، ފަސްގަނޑު ދޫވެގެންނެވެ. ގަނބައިގެން ދިޔައީ އެ ގޭގެ މީހުން ހިނގަން އޮންނަ ގޭގެ ގޯޅިގަނޑުން ފަސް ވަރަކަށް ފޫޓު ވަރުގެ ބައެކެވެ.
ތިން ގޭބިސީއަކަށް މީހުން ދިރިއުޅެމުން އަންނަ އެ ގޭގެ ގޯޅިގަނޑުން ބައެއް ގަނބައިގެން ދިޔައިރު، އެ ވަޅުގަނޑަށް ވެއްޓުނު މީހާއަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް މައުލޫމާތު ލިބެ އެވެ. ގަނބައިގެން ދިޔައީ އުމުރުން މާ ދުވަސްވީ މީހެއް ނޫންކަން ވެސް "ހުރިހާ" އަށް ވަނީ މައުލޫމާތު ލިބިފައި އެވެ.
މާލޭގައި އުސް އިމާރާތްތައް އެޅުމަށް ފުންކޮށް ކޮންނަމުންދާ އިރު، ޖެހިގެން ހުންނަ ގެތަކުގައި ރެނދުލުމާއި ބިންގަނޑު ދޫވުމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ މިހާރަކަށް އައިސް އާންމުކޮށް ފެންނަ މައްސަލައެކެވެ.
ގަނބައިގެން ދިޔަ މީހާއަށް އަނިޔާ އެއް ނުވި ނަމަވެސް މިއީ ވަރަށް ނުރައްކާތެރި މައްސަލައެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި މިފަދަ ނުރައްކާތެރި ހާދިސާތައް މެދުވެރިވެ މީހުންގެ ފުރާނައަށް ގެއްލުންވާ ފަހަރު ވެސް އަންނަނީ މަދަކުން ނޫނެވެ. މިފަދަ ކަންކަން ކުރުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނާލުން ވެސް ވަރަށް މުހިންމެވެ.
"މެން އެންޑް ޑަސްޓް" ސެލޫން ހުޅުވައިފި
ވީކެންޑްއާއި އެންޖެލީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުތަ؟