އައްޑޫ ހައި ސްކޫލުގައި ކިޔަވައިދޭ ޓީޗަރުންނަށް ދަރިވަރުން ހަނގާކޮށް އުނދަގޫކުރުމަކީ އާންމު ކަމެއް ކަމަށާއި، އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ އިސްވެރިން ތިބީ ފެއިލްވެފައި ކަމަށް ބުނެ ޓީޗަރުންގެ އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އައްޑޫ ހައި ސްކޫލުގައި ކިޔަވައިދޭ ބިދޭސީ ޓީޗަރަކާއި އެ ސްކޫލުގައި ކިޔަވާ ދަރިވަރަކާ ދެމެދު ވަނީ މި ދިޔަ ބުދަ ދުވަހު ބޮޑު ހަމަނުޖެހުމެއް ހިނގާފަ އެވެ. އެގޮތުން ޓީޗަރާއި ދަރިވަރާ ދެމެދު ހިނގި މި ހަމަނުޖެހުމުގެ ގިނަ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާ ގައި ވަނީ ދައުރުވެފަ އެވެ. މި ވީޑިއޯތަކާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ހަމަނުޖެހުމުގައި ސާމިލްވި ބިދޭސީ ޓީޗަރު ސަސްޕެންޑް ކޮށް މައްސަލަ ފުލުހަށް ހުށަހަލާފައި އެވެ.
ޓީޗަރު ސަޕްނެޑުކުރިތާ އެއްދުވަސް ފަހުން ދަރިވަރު ވެސް ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ދަރިވަރު ސަޕްނެޑް ކުރީ ވެސް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމާއި ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ޓީޗަރުންގެ އެސޯސިއޭޝަނުން ބުނީ، އެއް ދަރިވަރެއްގެ ހައްގު އޮންނަ ފަދައިން ކްލާސްރޫމްގައި ތިބި ބާކީ ދަރިވަރުންގެ ހައްގުވެސް އޮންނާނެ ކަމަށާއި، ދަރިވަރުންގެ ހައްގުގައި ތެދުވާ ޓީޗަރަކު ބަދުނާމުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އެފަދަ މައްސަލަތަކުގައި ވާނުވާ ރަނގަޅަށް ނުބަލައި ޓީޗަރަށް ހަމައެކަނި އަދަބު ދިނުމުގެ ނަތީޖާއަކީ ތައުލީމީ ދާއިރާއަށް ލޯބިކުރާ އެތައް ޓީޗަރުންނެއް ދާއިރާ ދޫކޮށް، ދާއިރާ ދެކެ ފޫހިވުން ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލައިގައި ގިނަ ބަޔަކު ދަނީ ޓީޒަރުގެ ދިފާއުގައި ޚިޔާލުފާޅުކުރަމުންނެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ބުނި ގޮތުގައި މީގެ ކުރިންވެސް އައްޑޫ ހައި ސްކޫލުގައި ޓީޗަރުންނަށް އުނދަގޫކުރުމާއި ހަނގާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ. އެއީ އެ ސްކޫލުގައި އާންމު ކަމެއް ކަމަށް، އެ އެސޯސިއޭޝަނުން ބެލިބެލުމުން އެނގިފައިވާ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
"އަދި މި ކަމަކީ އެ ސްކޫލުގައި އާންމު ކަމަކަށްވެ، ދަރިވަރުންނަށް އެއްވެސް ފިޔަވަޅެއް ނޭޅި ދިއުމުގެ އާޚިރު ނަތީޖާއަކަށް މިވީ، ޓީޗަރަކު ސްޓްރެސްވެ، އެހެން ދަރިވަރުންގެ ހައްގުގައި ކުރި މަސައްކަތަކުން ނުވަތަ ކުރެވުނު ކަމަކުން އެ ޓީޗަރަށް އަދަބު ލިބި ސޯޝަލް މީޑިއާގައި ފަޟީހަތްވުން،" ޓީޗަރުގެ ވީޑިއޯ އާންމުވެ، ސަސްޕެންޑުކުރި ކުރުމަށް އިޝާރާތްކޮށް އެ ބަޔާނުގައި އެސޯސިއޭޝަނުން ބުންޏެވެ.
"އައްޑޫ ހައި ސްކޫލުގައި ހިނގި ހާދިސާއާ ގުޅިގެން މި އެސޯސިއޭޝަނުން ބެލި ބެލުމުން ފާހަގަވި އެންމެ މުހިންމު ކަމަކީ އެ ސްކޫލުގެ ދަރިވަރުން ބެލެހެއްޓުމުގައި ސްކޫލުގެ މެނޭޖްމަންޓް ފެއިލްވެފައިވާކަން. މެނޭޖްމަންޓް ފެއިލްވުމުގެ ސަބަބުން ހިނގާ މި ބާވަތުގެ ކަންކަމުގައި ޓީޗަރުން ކަތިލެވުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނަ ކަމެއްނޫން،" އެ އެސޯސިއޭޝަނުން އިތުރަށް ބުންޏެވެ.
ރާއްޖެއަށް ވުރެ ތަހުޒީބު ގައުމުތަކުގައި ވެސް ދަރިވަރުން ފޯނު ގެންދާކަން ފާހަގަކޮށް، ރާއްޖޭގައި ވެސް ދަރިވަރުން ސްކޫލުތަކަށް ފޯނު ގެންދަން ހުއްދަދޭނަމަ، އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭނެކަން ޓީޗަރުންގެ އެސޯސިއޭޝަނުން ފާހަގަކުރި އެވެ.
ޓީޗަރުންގެ އެސޯސިއޭޝަނުން ވަނީ، ވަކި ފަރާތަކަށް ބުރަވުމެއް ނެތި، ޓީޗަރަށް ދަރިވަރު އުނދަގޫކުރި މައްސަލަ ބަލައި ފިޔަވަޅު އަޅައިދޭން ވެސް ގޮވާލައިފަ އެވެ.
ފާހަގަކުރެވޭ ގޮތުގައި އައްޑޫ ހައި ސްކޫލުގެ ދަރިވަރަކާއި އެ ސްކޫލުގެ ޓީޗަރަކާ ދެމެދު، މިދިޔަ ބުދަ ދުވަހު ހިނގި ހަމަނުޖެހުމުގައި އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑުކުރީ ޓީޗަރެވެ. އޭގެ ފަހުން، އަޚުލާގީ ޕްރޮގްރާމެއް ފުރިހަމަކޮށް ޓީޗަރު ގާތުން މައާފަށް އެދެން ދެން އައްޑޫ ސްކޫލުން ވަނީ ދަރިވަރު ސަސްޕެންޑުކޮށްފަ އެވެ.
ފުލުހުންވެސް އަންނަނީ މި މައްސަލަ ބަލަމުންނެވެ.
މި ތަޅައިފޮޅުމުގައި ގިނަ ބަޔަކު ޓީޗަރުގެ ދިފާއުގައި ޚިޔާލު ފާޅުކޮށްފައިވާއިރު، އެ ދަރިވަރަކީ ގްރޭޑް ނުވައަކުން ފެށިގެން އަޚްލާގީ އެކި މައްސަލަތަކުގައި ޑިސިޕްލިން ރެކޯޑު ވެސް އޮތް ދަރިވަރެއްކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަދި އެ ދަރިވަރުގެ ފަރާތުން ބިދޭސީ ޓީޗަރަށް، ބުލީކުރުމާއި ޖެއްސުންކުރުމުގެ އަމަލުތައް މީގެ ދެ ހަފުތާއެއްހައި ދުވަސްކުރިން ފެށިގެން ލިބެމުން އަންނަކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ފިރާއަކީ ވަރަށް ކާމިޔާބު ހިޖާމިސްޓެއް!
ކަނދޮޅުދޫގައި ފާނަ ޕްރޮސެސްކުރާ ފެސިލިޓީއެއް ގާއިމްކުރަނީ
ވީކެންޑްއާއި އެންޖެލީނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނުތަ؟