މަސްވެރިންނަށް ވީ ވައުދުތައް ފުއްދަވާނޭ ކަމަށް ވިދާޅުވެ ރައީސް މުހައްމަދު މުއިއްޒު އާއި ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް ހައްދަވަނީ ހުސްދޮގު ކަމަށާއި ކުރާ އިހުތިޖާޖު ހުއްޓާނުލާނެ ކަމަށް މަސްވެެރިން ބުނެފި އެވެ.
ބޮޑު ކަންނެލި މަސްވެެރިންނަށްވީ ވައުދުތައް ނުފުއްދޭނަމަ، ރައީސް މުއިއްޒު އާއި މިނިސްޓަރު ޝިޔާމް އިސްތިއުފާދިނުމަށް ވެސް މަސްވެރިން ވަނީ ގޮވާލާފައި އެވެ.
މަސްވެރިންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިހުތިޖާޖުގައި ބައިވެރިވާ ދޯންޏެއްގެ ކެޔޮޅު ބުނީ މަސްވެރިންނަށްވީ ވައުދުތައް މި ސަރުކާރުން ފުއްދާނެ ކަމަށް މިހާރު ގަބޫލު ނުކުރާ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަސްވެރިން ވަނީ މިނިސްޓަރު ޝިޔާމުގެ އިސްތިއުފާއަށް ގޮވާލައި އަޑު ވެސް އުފުލައިފަ އެވެ. މުޒާހަރާގެ ބައިވެރިން ވަނީ ޝިޔާމު މިނިސްޓަރުކަމުން އިސްތިއުފާ ނުދެއްވާނަމަ، އޭނާ އެ މަގާމުން ވަކިކުރުމަށް ވެސް ގޮވާލައިފަ އެވެ.
އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ ނައިބު ރައީސް، އިމްރާން މުހައްމަދު ވިދާޅުވީ ޝިޔާމް މަސައްކަތް ކުރައްވަނީ ބޮޑު ކަންނެލި މަސްވެރިކަން އެއްކޮށް ހަލާކުކޮށްލުމަށްފަހު ލޭނުގެ މަސްވެރިކަމަށް ފުރުސަތު ދެއްވަން ކަމަށެވެ. އަދި، ލޭނުގެ މަސްވެރިކަމަށް ހުއްދަ ދޭން ސަރުކާރުން ނިންމި ނިންމުން ރައީސުލްޖުމްހޫރިއްޔާ ބަދަލު ކުރެއްވުމަކީ ބޮޑު ކަންނެލި މަސްވެރިން ދެކެ ރުޅި އަންނަންޖެހޭ ސަބަބެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ކަންނެލި ދޯނިފަހަރުގައި އުޅޭ ބިދޭސީން ހައްޔަރުކޮށްގެން ގެންދަނީ މަސްވެރިންނަށް ބިރުދެއްކުމުގެ ގޮތުން ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. ނަމަވެސް، މަސްވެރިންނަކީ އެއަށްވުރެ މާ ހިތްވަރު ގަދަ ބައެއް ކަމަށާއި އެގޮތަށް އަދި ބިރުދެއްކިޔަސް އިހުތިޖާޖު ހުއްޓައިނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މަސްވެރިން އިހުތިޖާޖު ކުރަން ފެށީ މިދިޔަ ބުދަ ދުވަހު އެވެ. މަސްވެރިންގެ އިހުތިޖާޖުގައި ސަރުކާރަށް ކުރަނީ ތިން ޑިމާންޑެކެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ.
އަދިވެސް ވައި ނުސާފު، އަންނަ ހަފްތާގެ ނިޔަލަށް ދެމިގެންދާނެ
ބީއެމްއެލް އިން "މަސްވެރިޔާ" ޕޯޓަލް އިފްތިތާހުކޮށްފި
ކަޅުބާޒާރުގައި ވޯލްޑް ކަޕް ޓިކެޓުގެ އަގު 16،000 ޑޮލަރުން މަތީގަ