މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ހޯދަން "ހުރިހާ" އިން އެދުނު މައުލޫމާތުތައް ނުދީ ސިއްރުކޮށްފި އެވެ.
އެ މައުލޫމާތުތައް ހޯދަން "ހުރިހާ" އިން އެދުނީ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު އެވެ. އެ މައުލޫމާތުތައް ހޯދަން އެދުނުތާ ދެ މަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެއްވެސް ޖަވާބެއް ސިޓީ ކައުންސިލުން ދީފައެއްނުވެ އެވެ.
ސިޓީ ކައުންސިލްގެ އާ އިމާރާތް އެޅުމަށް ކުރި ހަރަދު ހިމެނޭހެން އެކަމުގެ އެންމެހައި ތަފްސީލުތައް ހޯދަށް "ހުރިހާ" އިން އެދިފައިވާނެ އެވެ.
ސިޓީ ކައުންސިލްގެ ގަސް ފިހާރައިން ގަސް ވިއްކުމަށްފަހު ނުލިބިވާ ފައިސާގެ ތަފްސީލު ހޯދުމަށް ވެސް އެދުނީމެވެ.
މީގެއިތުރުން މާލޭގެ އާ ރޯމަސް މާރުކޭޓް އެޅުމަށް ދެ ފަހަރެއްގެ މަތިން ސޮއިކުރި އެއްބަސްވުންތަކުގެ ތަފްސީލުތައް ހޯދަން ވެސް ވާނީ އެދިފަ އެވެ.
މި މައުލޫމާތުތައް ނުދީ ސިއްރުކޮށްފައިވާއިރު، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ރައީސް މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި މާލެއިން ދޫކޮށްފައިވާ ބިންތަކުގެ ލިސްޓެއް އެ ކައުންސިލުން އާންމުކުރި އެވެ. ނަމަވެސް މޭޔަރު އާދަމް އާޒިމްގެ އާއިލީ ކުންފުނި އާރްސީސީއަށް ދޫކުރި އެއްވެސް ބިމެއްގެ މައުލޫމާތު އެ ލިސްޓުގައި ނެތެވެ.
މީގެއިތުރުން އިއުލާނާ ގުޅިގެން ހުށަހެޅި ބިޑްތައް އިވެލުއޭޓްކޮށް ވަކި ކުންފުންޏަކުން ކާމިޔާބުކޮށް، އެގްރީމެންޓްގައި ސޮއިކޮށްފައި ވަނިކޮށް، އެ ކުންފުނި އެއްފަރާތްކޮށް ބިޑަށް ކުރިމަތިނުލާ ބަންޑާރަ ނައިބު އަހްމަދު އުޝާމްގެ ބޭބެ މުހައްމަދު ވިޝާމްގެ ކުންފުންޏަށް ވިލިމާލެއިން ބޮޑު ބިމެއް ވެސް ވަނީ މޭޔަރު އާދަމް އާޒިމްގެ ޒައާމަތުގައި ދީފަ އެވެ.
އުމުރުގެ ސަބަބުން ދަރިމައިވާން އުނދަގޫ ވޭތަ؟
އަރްޖުންއާއި ގެބްރިއެއްލާ އެންގޭޖް ވެއްޖެ
13.6 މިލިއަން ރުފިޔާގެ ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ދައުވާ